ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/44 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 03 ވަނަ ކުއްލި ޖަލްސާ ( 5 ވަނަ ކައުންސިލްގެ 01 ވަނަ ކުއްލި ޖަލްސާ) |
ބޭއްވުނު ތާރީޚް: 11 އޮގަސްޓް 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ހިތަދޫ އަދި ހުޅުދޫ އާއި މީދޫ ގުޅުވައިދޭ ބްރިޖް ރޫޓްގެ ގޮތުގައި މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓްއިން ހުށަހަޅާފައިވާ ރޫޓްއާއި މެދު ކައުންސިލްގެ ހުއްދަ ހޯދުމަށް އެދިފައިވާތީ މިކަމާއި މެދު ގޮތެއް ނިންމަވައިދެއްވުމަށް އެދި |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ޕްރޮޖެކްޓް ޑެވެލޮޕްމެންޓް ޔުނިޓް |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު "މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން ހުށަހަޅާފައިވާ އައްޑޫ އަތޮޅު އުތުރު ފަރާތުން ހިތަދޫ، ހުޅުދޫ އާއި މީދޫ ގުޅުވައިދޭ ނަދަން ރޫޓް ކޮންސެޕްޓާއި ގުޅިގެން، އައްޑޫގެ ތިމާވެއްޓަށް އިޔާދަ ނުކުރެވޭ ފަދަ ގެއްލުންތައްވެ، ފަރުތަކާއި މަންތާ ޕޮއިންޓް ހަލާކުވެ، އައްޑޫގެ އިޤްތިސާދަށް ހާއްސަކޮށް ފަތުރުވެރިކަމުގެ މުސްތަޤުބަލަށް ގޮންޖެހުންތައް ދިމާވާތީ މިހާރު މިނިސްޓްރީއިން ހުށަހަޅާފައިވާ ކޮންސެޕްޓުގައިވާ ނަދަން ރޫޓްގައި ސަރވޭ ކުރިއަށް ގެންދިއުމާއި މެދު ކައުންސިލުން އިއުތިރާޒް ކުރާކަމަށާއި މިހާރު ހުށަހަޅާފައިވާ ރޫޓް އަލުން މުރާޖަޢާކޮށް އިތުރު ހުށަހެޅުމެއް ހުށަހަޅައި ދިނުމަށް މިނިސްޓްރީއަށް ޖަވާބު ދިނުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ހުސައިން ޒަރީރް |
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުހައްމަދު ޝުއާއު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

