ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/46-01 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 20 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 12 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 12 އޮގަސްޓް 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 04 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް |
||||
|
މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީން ހުށަހަޅާފައިވާ މައްސަލަ ފޭދޫ ޓޫރިޒަމް ޒޯނުން ޓޫރިސްޓް ގެސްޓްހައުސް ހިންގުމަށް ދީމާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ދޫކޮށްފައިވާ 5،000 އަކަފޫޓުގެ C6 ޕްލޮޓްގެ ވޯކް ޕްލޭން ހުށައަޅާފައި ނުވުމުން، 09 ޖުލައި 2026 ދުވަހު ކައުންސިލްގެ ނަންބަރު:426-AB/PRIV/2026/248 ސިޓީއިން ލިކިއުޑޭޓެޑް ޑެމޭޖެސްގެ ގޮތުގައި USD 1000.00 (އެއްހާސް ޑޮލަރުން) ދީމާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާ ކޮށްފައި ވެއެވެ. ދީމާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއިން ޖޫރިމަނާ މައާފް ކުރުމަށް އެދި ހުށައަޅާފައިވުމުން، އެފަރާތުން އެދިފައިވާގޮތަށް ޖޫރިމަނާ މައާފް ކުރެވެން ނެތްކަމާށާއި އަދި އެފަރާތުން ހުށައަޅާފައިވާ C6 ޕްލޮޓްގެ ވޯކް ޕްލޭން އިސްލާޙް ކުރުމަށް އެންގުމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު |
ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

