އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 04 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (02-46)

12 އޯގަސްޓް 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/46-02

ޖަލްސާ: 2026 ވަނަ އަހަރުގެ 20 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 12 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 12 އޮގަސްޓް 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 04 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް

މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީން ހުށަހަޅާފައިވާ މައްސަލަ

އައްޑޫސިޓީ ފޭދޫގައި ކްރޫޒް ޓަރމިނަލް އަދި  ޔޮޓް މެރިނާއެއް ތަރައްޤީކޮށް ހިންގުމަށްޓަކައި އައްޑޫސިޓީ ކައުންސިލްއާއި  އިންޓަރ ޗެއިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި ދެމެދު 25 އޮކްޓޫބަރ 2023 ދުވަހު ވެވިފައިވާ ނަންބަރު: ((AGR)426-AB/PRIV/2023/98) އެއްބަސްވުމުގެ ދަށުން، ހުށަހަޅަންޖެހޭ ޑީޓެއިލް ޑްރޯވިންގްސް ހުށައަޅާފައި ނުވުމުން، 16 ޖުލައި 2026 ދުވަހު ކައުންސިލްގެ ނަންބަރު:  426-AB/PRIV/2026/257 ސިޓީއިން ލިކިއުޑޭޓެޑް ޑެމޭޖެސްގެ ގޮތުގައި USD 1000.00 (އެއްހާސް ޑޮލަރުން) އެފަރާތްވަނީ ޖޫރިމަނާ ކޮށްފައެވެ. ޖޫރިމަނާއާއި ގުޅިގެން، ޑީޓެއިލް ޑްރީވިންގްސްއާއި، ބީ.އޯ.ކިއު (BOQ) އަދި އީ.އައި.އޭ (EIA) ރިޕޯޓް ހުށަހެޅުމަށްޓަކައި 25 އޮކްޓޫބަރު 2026 ގެ ނިޔަލަށް މުއްދަތު އިތުރުކޮށްދިނުމަށް އެ ފަރާތުން އެދިފައިވުމުން، އެފަރާތުން އެދިފައިވާ ގޮތަށް، މުއްދަތު އިތުރު ކޮށްދެވެން ނެތްކަމަށާއި، ޑީޓެއިލް ޑްރޯވިންގްސް ހުށަހެޅުމަށް 31 އޮގަސްޓް 2026 ގެ ނިޔަލަށް މުއްދަތު ދިނުމަށްފަހު ފައިނަލް ނޯޓިސް ފޮނުވުމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު

ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/46-02

ތާރީޚް: 12 އޯގަސްޓް 2026