ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/46-03 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 20 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 12 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 12 އޮގަސްޓް 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 04 ވަނަ ބައްދަލުވުމުން ނިންމާފައިވާ، މައްސަލަތައް ކުރިޔަށް ގެންދިއުމާމެދު ކައުންސިލުން ގޮތެއް ނިންމުމަށް |
||||
|
މައްސަލަ ހުށަހެޅި ފަރާތް: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީގެ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.
އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓޫރިޒަމް ކޮމެޓީން ހުށަހަޅާފައިވާ މައްސަލަ ފޭދޫ ޓޫރިޒަމް ޒޯންއިން ސްޕާ ހިންގުމަށް، ސ.މަރަދޫ، ފެހިވިލާގެ، އަބްދުﷲ މުޒައްމިލުއަށް ދޫކުރެވިފައިވާ 2،000 އަކަފޫޓުގެ SP 2 ޕްލޮޓްގެ ރިވައިޒްޑް ވޯކް ޕްލޭން ހުށައަޅާފައި ނުވުމުން، 500.00 (ފަސްސަތޭކަ ރުފިޔާ) އިން ޖޫރިމަނާކޮށް 07 ދުވަހުގެ ތެރޭގައި ރިވައިޒްޑް ވޯކް ޕްލޭން ހުށަހެޅުމަށް، ކައުންސިލްގެ ނަންބަރު: 426-AB/INDIV/2026/346 (29 ޖޫން 2026) ސިޓީއިން އަންގާފައި ވެއެވެ. އެހެންނަމަވެސް، މިއަދާހަމައަށްވެސް އެފަރާތުން ރިވައިޒްޑް ވޯކް ޕްލޭން ހުށައަޅައި އަދި ޖޫރިމަނާ ފައިސާ ދައްކާފައި ނުވުމުން، SP 2 ގެ އެއްބަސްވުން ބާތިލު ކުރުމަށް ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އަޤީލް މުޙައްމަދު |
ތާއީދު ކުރެއްވި: ކައުންސިލަރ، ޙުސައިން ޒަރީރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ފެންނަކަމަށް: 08 ވޯޓް |
ނުފެންނަކަމަށް: 00 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

