އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ 04 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ/ލަފާ ދީފައިވާ މައްސަލަތަކާ ގުޅޭ (01-47)

12 އޯގަސްޓް 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/47-01

ޖަލްސާ: 2026 ވަނަ އަހަރުގެ 20 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 12 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 12 އޮގަސްޓް 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީން ހުށަހަޅާފައިވާ މައްސަލަ

 ސ.މަރަދޫ "ރީތިގަސްދޮށުގެ" ގޯތީގެ ރަޖިސްޓްރީ އިޞްލާޙުކުރުމާއި މެދު ގޮތެއް ނިންމުމަށް އެދި މަރަދޫ އަވަށުއޮފީހުގެ ނަންބަރު: (MEMO)426/426/2026/1532 މެމޯ އިން ހުށަހަޅުއްވާފައިވާ މައްސަލައާއި ގުޅިގެން، އަވަށުއޮފީހުގެ ސަރވޭ ޗާޓުގައި ފާހަގަކުރެވިފައިވާ 946 އަކަފޫޓުގެ ހުސްބިމަކީ "ރީތިގަސްދޮށުގެ" ގެ ފަރާތުން އެ ގޯތީގެ ބައެއްގެ ގޮތުގައި ޒަމާނުއްސުރެ ބޭނުން ކުރަމުންދާ ތަނަކަށް ވެފައި، އަދި މިތަނަކީ އެހެން ބޭނުމަކަށް ދޫކުރެވޭނެ ގޮތަކަށް އޮތް ބިމެއް ކަމުގައި ނުވާތީ، "ރީތިގަސްދޮށުގެ" ގޯއްޗަށް މި ހުސްބިން އިތުރުކޮށް، އެ ގޯތީގެ ރަޖިސްޓްރީ އިޞްލާޙުކޮށްދިނުމަށް ، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިސްމާޢިލް ސަޢީދު

ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 06 ވޯޓް

ނުފެންނަކަމަށް: 02

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/47-01

ތާރީޚް: 12 އޯގަސްޓް 2026