ކައުންސިލްގެ ނިންމުން
|
ނިންމުން ނަންބަރު: 426-B(5)/2026/47-02 |
||||
|
ޖަލްސާ: 2026 ވަނަ އަހަރުގެ 20 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 12 ވަނަ ޖަލްސާ) |
ބޭއްވުނު ތާރީޚް: 12 އޮގަސްޓް 2026 |
|||
|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: ލޭންޑް،އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލަތަކަށް ގޮތެއް ނިންމަވައި ދެއްވުން އެދި |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީ |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނު ގޮތް: "މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް ކުރުމަށްފަހު " ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމިޓީގެ ރަސްމީ 05 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
ލޭންޑް، އިންފްރާސްޓްރަކްޗަރ އެންޑް ޓްރާންސްޕޯޓް ކޮމެޓީން ހުށަހަޅާފައިވާ މައްސަލަ 1994 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޤުރުއަތު ނަގައި،މަރަދޫ އަވަށުގެ ޗަސްބިމުން ދޫކޮށްފައިވާ ގޯތީގެ ބަދަލުގައި ބިން ދެއްކުމަށް ކައުންސިލުގެ ނަންބަރު: 426-B(4)/2026/30-12 ނިންމުމުން ނިންމަވާފައިވީނަމަވެސް، އޭގެ ތެރެއިން ގިނަ ފަރާތްތަކަށް އެކި ގޮތް ގޮތުން ގޯތި ލިބި، ބިން ރަޖިސްޓްރީ ކުރެވިފައިވާތީ، އެފަރާތްތަކަށް ބަދަލުގައި ގޯތި ދިނުމަށް ނިންމަވާފައިވާ ކައުންސިލުގެ ނިންމުން މުރާޖަޢާކޮށް، މި މައްސަލައާއި މެދު ވަކި ގޮތެއް ނިންމައިދިނުމަށް އެދި މަރަދޫ އަވަށުއޮފީހުގެ ނަންބަރު: (MEMO)426/426/2026/1404 މެމޯ އިން ހުށަހަޅުއްވާފައިވާ މައްސަލައިގައި، މި މައްސަލަ އާއި ގުޅިގެން ލޭންޑް އެންޑް ޓްރާންސްޕޯޓް ކޮމެޓީގެ 108 ވަނަ ބައްދަލުވުމުގެ ނިންމުން ފާސްކޮށް ނިންމަވާފައިވާ ކައުންސިލުގެ ނަންބަރު: 426-B(4)/2026/30-12 ނިންމުން ދެމެހެއްޓުމަށް ފެންނަކަމަށާއި، ވީހާވެސް އަވަހަށް މިފަރާތްތަކަށް ބިން ދެއްކުމަށް، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އަޣްލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ. |
||||
|
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިސްމާޢިލް ސަޢީދު |
ތާއީދު ކުރެއްވި: ކައުންސިލަރ، އަޙްމަދު ނަޛީރު |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ވޯޓުގައި ބައިވެރިވި: 08 ވޯޓް |
ފެންނަކަމަށް: 06 ވޯޓް |
ނުފެންނަކަމަށް: 02 |
ބައިވެރިވެވަޑައިނުގަންނަވާ:00 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

