އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 04 ވަނަ ބައްދަލުވުމުގެ ނިންމަވާފައިވާ ލަފާ ދީފައިވާ މައްސަލައާ ގުޅޭ (48)

12 އޯގަސްޓް 2026     


ކައުންސިލްގެ ނިންމުން

ނިންމުން ނަންބަރު: 426-B(5)/2026/48

ޖަލްސާ: 2026 ވަނަ އަހަރުގެ 20 ވަނަ ރަސްމީ ޖަލްސާ ( 5 ވަނަ ކައުންސިލްގެ 12 ވަނަ ޖަލްސާ)

ބޭއްވުނު ތާރީޚް: 12 އޮގަސްޓް 2026

މައްސަލަ

ހުށަހެޅުނު މައްސަލަ:

ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ/ ލަފާ ދީފައިވާ މައްސަލައަށް ގޮތެއް ނިންމަވައި ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް އެފެއާޒް ކޮމިޓީ

ނިންމުން

މައްސަލަ ނިމުނު ގޮތް:

"މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަކުރެވިފައިވާ ކަންކަމަށް ރިޢާޔަތް  ކުރުމަށްފަހު " ސޯޝަލް އެފެއާޒް ކޮމިޓީގެ ރަސްމީ 04 ވަނަ ބައްދަލުވުމުގައި ނިންމަވާފައިވާ، މައްސަލަތައް ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

 

ސޯޝަލް އެފެއާޒް ކޮމިޓީން ހުށަހަޅާފައިވާ މައްސަލަ

ދި އެޝިއާ ފައުންޑޭޝަންގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ "ޖެންޑަރ އިކުއެލިޓީ، ޑިސްއެބިލިޓީ އެންޑް ސޯޝަލް އިންކުލޫޝަން ޓްރެއިނާސް އޮފް ޓްރައިނާރ ޕްރޮގްރާމް" ގައި ބައިވެރިވުމާއި މެދު ހުށަހަޅާފައިވާ މައްސަލަ ހިއުމަން ރިސޯސް ޔުނިޓްއަށް ފޮނުވުމަށާއި ހިއުމަން ރިސޯސް ޔުނިޓްގެ މިއަހަރުގެ މުވައްޒަފުންގެ ޓްރެއިނިން އެކްޓިވިޓީ ގައި ބަޖެޓްއެއް ހުރިކަމަށް ހިއުމަން ރިސޯސް ޔުނިޓުން ނިންމަވާ ނަމަ 01 ފަރާތަކަށް ފުރުސަތު ދިނުމަށާއި އަދި "ވިސްޓަރ ކެމްޕަސް" ގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޖެންޑަރ އިކުއެލިޓީ، ޑިސްއެބިލިޓީ އެންޑް ސޯޝަލް އިންކުލޫޝަން ޓްރެއިނާސް އޮފް ޓްރައިނާރ ޕްރޮގްރާމް" އަށް ނޮމިނޭޓް ވާ ފާރާތް ނޮމިނޭޓް ކުރަންވާނީ ހިއުމަން ރިސޯސް ޔުނިޓް އިން ކަމުގައި، ކޮމިޓީން ނިންމާފައިވާ ގޮތަށް ކުރިއަށްގެންދިއުމަށް ފެންނަކަމަށް ، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހިމް ޝިނާޒް

ތާއީދު ކުރެއްވި: ކައުންސިލަރ، ނުޞްރަތު ރަޝީދު

ވޯޓް ދެއްވި ގޮތް

ވޯޓުގައި ބައިވެރިވި: 08 ވޯޓް

ފެންނަކަމަށް: 08 ވޯޓް

ނުފެންނަކަމަށް: 00

ބައިވެރިވެވަޑައިނުގަންނަވާ:00

 



ބާވަތް: ނިންމުން

ދައުރު: ފަސްވަނަ ދައުރު

ނަންބަރ: 426-B(5)/2026/48

ތާރީޚް: 12 އޯގަސްޓް 2026