މައްސަލަ |
|||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލުން ސީޑީއީ ޕްރައިވެޓް ލިމިޓެޑާއިއެކު ވެފައިވާ ނަމްބަރ: (ARG)426-AB/PRIV/426/2016/26 "އައްޑޫސިޓީގެ ތަރައްޤީގެ ޕްލޭނާއިއެކު އެޕްލޭނަށް ބިނާކޮށް ހެދޭ ފައިނޭންޝިއަލް ޕްލޭން އަދި "ވިޝަން އައްޑޫ ހެދުމުގެ އެއްބަސްވުން" ގެ ދަށުން ދިމާވެފައިވާ ޤާނޫނީ މައްސަލަތައް ޙައްލު ކުރުމަށްޓަކައި ލީގަލް ޔުނިޓްގެ ލަފާގެ މަތިން އެއްބަސްވުމާއި އަދި ކޮންޓްރެކްޓްގެ މުއްދަތާއި މެދު ގޮތެއް ކަނޑައެޅުން. އެގޮތުން އައްޑޫސިޓީގެ ކައުންސިލް އިދާރާއިން ސީޑީއީ ޕްރައިވެޓް ލިމިޓެޑަށް މި މައްސަލައާއި ގުޅޭގޮތުން ސިޓީ ފޮނުވުމަށާއި، އެސިޓީގައި ސިޓީ ފޮނުވާ ދުވަހުން ފެށިގެން 7 ދުވަހުގެ ނިޔަލަށް ކޮންޓްރެކްޓްގެ މުއްދަތު އިތުރުކޮށްދެއްވާފައިވާކަން އެންގުމާއި އަދި 10 ވަނައަށްވާ ދުވަހު އެއްބަސްވުމުގެ 19ވަނަ މާއްދާގައިވާ ގޮތުގެ މަތީން މި އެއްބަސްވުން ކައުންސިލުން ބާޠިލުކުރާނެކަން ސީޑީއީ ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް ފާސްކުރުން. |
|||
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
|||
ނިންމުން |
|||
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ޕްލޭނިންގ ސެކްޝަނުން ހުށަހަޅުއްވާފައިވާ އައްޑޫސިޓީގެ ތަރައްޤީގެ ޕްލޭން ހެދުމަށް CDE ޕްރައިވެޓް ލިމިޓެޑާއިއެކު ވެފައވާ އެއްބަސްވުމުގެ މުއްދަތަށް، މިއަދުން ފެށިގެން ބަންދު ދުވަސްތައް ނުހިމަނައި 15 ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށާއި، މި މުއްދަތުގެ ތެރޭގައި މިކަން ނިންމުމަށާއި، ކަނޑައެޅުނު މި މުއްދަތުގެ ތެރޭގައި މަސައްކަތް ނުނިމިއްޖެނަމަ CDE ޕްރައިވެޓް ލިމިޓެޑަށް އިތުރު އެންގުމަކާއި ނުލައި އެއްބަސްވުން ބާޠިލު ކުރުމަށް ފެންނަ ކަމަށް ނިންމުނެވެ.
|
|||
ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު |
ހުށަހެޅުން ހުށަހެޅި: ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
||
ވޯޓް ދެއްވި ގޮތް |
|||
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
