އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބުނު ސ.ފޭދޫ "ވިއު ޕާރކް" ގެއަށް އެހީތެރި ވުމުގައި ކައުންސިލުން ގޮތެއް ނިންމުން

2 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބުނު ސ.ފޭދޫ "ވިއު ޕާރކް" ގެއަށް އެހީތެރި ވުމުގައި ކައުންސިލުން ގޮތެއް ނިންމުން.

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު    

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލައާއި ގުޅިގެން ހުށަހެޅިފައި ހުރި ލިޔުންތަކަށް ބަލައި އައްޑޫސިޓީ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ސ.ފޭދޫ "ވިއު ޕާރކް" ގެއަށް ލިބުނު ގެއްލުމަށް ކައުންސިލުން އެހީތެރި ވުމަކީ މުހިއްމުކަމެއް ކަމުގައި ދެކޭތީ، ސ. ފޭދޫ "ވިއުޕާރކް " ގޭގައި ދިރިއުޅޭ ޢާއިލާ ޢާއްމު ޙާލަތަކަށް ރުޖޫޢަ ވުމަށް ކައުންސިލުން ދެވޭ ރަމްޒީ އެހީއެއްގެ ގޮތުން (މައްސަލައާއި އެކު ހުށަހެޅިފައިވާ އެސްޓިމޭޓްގައި ހިމެނޭ މަސައްކަތުގެ އަގުނުލާ ފުރާޅުގެ ޓިނުޖެހުމާއި ސީލިން މަރާމާތު ކުރުމަށް (ރަމްޒީ އެހީއެއްގެ ގޮތުން) 8000.00ރުފިޔާ (އަށްހާސްރުފިޔާ)ގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެންނަކަމަށާއި، މިފައިސާ ޚަރަދުކުރުމުގައި ކައުންސިލްގެ އާމްދަނީ ބަޖެޓްގެ ޤުދުރަތީ ގޮތުން ލިބޭ ގެއްލުމަށް އެހީތެރިވުމާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑް: 228005 އިން ފައިސާ ޚަރަދު ކުރުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޢަލީ ފަހުމީ އަޙްމަދު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/166

ތާރީޚް: 2 އޮކްޓޯބަރ 2018