އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެއިދާރާގެ ފޭދޫ އަވަށުއޮފީހުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއްހޯދުން

2 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލްގެއިދާރާގެ ފޭދޫ އަވަށުއޮފީހުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއްހޯދުން  

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ   

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލަ ކައުންސިލުން ދިރާސާކޮށް ބެލިބެލުމުގައި ކައުންސިލްގެ އިދާރާއަށް މިދިޔަ އޮގަސްޓްމަހު ރޭގަނޑުގެ ވަގުތުގައި ބަޔަކު ވަގަށް ވަނުމާއި ގުޅިގެން އެކުލަވާލެވުނު ރިޕޯޓްގައި ހުރި ކަންކަން ބިޑްކޮމިޓީގައި މި މައްސަލައާއި އެކު މުޠާލިއާ ކުރަންޖެހޭ ކަމަށް ފެންނާތީ، މައްސަލަ އަލުން މުޠާލިއާ ކުރުމަށްފަހު މައްސަލައަށް ގޮތެއް ނިންމުމަށް ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށާއި، މައްސަލައާއި ގުޅިގެން ބިޑް ކޮމިޓީގެ ޔައުމިއްޔާގައި ހުޅުދޫ އޮފީސް މަރާމާތު ކުރުމަށް ލިޔެފައިވާ ޢިބާރާތް އިޞްލާޙް ކުރުމަށާއި، ޔައުމިއްޔާގައި ހުރި އިމްލާކުށް ފިލުވުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު  ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/167

ތާރީޚް: 2 އޮކްޓޯބަރ 2018