އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީ ކައުންސިލްގެއިދާރާގެ މަރަދޫފޭދޫ އަވަށުއޮފީހުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއްހޯދުން

2 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީ ކައުންސިލްގެއިދާރާގެ މަރަދޫފޭދޫ އަވަށުއޮފީހުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއްހޯދުން  

މައްސަލަ ހުށަހެޅި ފަރާތް:  ބިޑް ކޮމިޓީ   

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މައްސަލަ ކައުންސިލުން ދިރާސާކޮށް ބެލިބެލުމުގައި ކައުންސިލްގެ އިދާރާއަށް މިދިޔަ އޮގަސްޓްމަހު ރޭގަނޑުގެ ވަގުތުގައި ބަޔަކު ވަގަށް ވަނުމާއި ގުޅިގެން އެކުލަވާލެވުނު ރިޕޯޓްގައި ހުރި ކަންކަން ބިޑްކޮމިޓީގައި މި މައްސަލަ މުޠާލިއާ ކުރަންޖެހޭ ކަމަށް ފެންނާތީ، މައްސަލަ އަލުން މުޠާލިއާ ކުރުމަށްފަހު މައްސަލައަށް ގޮތެއް ނިންމުމަށް ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ޑކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު  ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/168

ތާރީޚް: 2 އޮކްޓޯބަރ 2018