އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ތަޖުރިބާ ހޯދުމަށް ޓަކައި ކޮލަމްބޯ މުނިސިޕަލް ކައުންސިލަށް ކުރާ ދަތުރުގެ ބައިވެރިން ނެގުން

2 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ތަޖުރިބާ ހޯދުމަށް ޓަކައި ކޮލަމްބޯ މުނިސިޕަލް ކައުންސިލަށް ކުރާ ދަތުރުގެ ބައިވެރިން ނެގުން .

މައްސަލަ ހުށަހެޅި ފަރާތް:  އެޗް.އާރު. ސެކްޝަން  

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިދަތުރު ގައި ކައުންސިލަރުންގެ ތެރެއިން ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް، ކައުންސިލަރ ޖަމްޝީދާ މުޙައްމަދު ބައިވެރިވެ ވަޑައިގެން ދެއްވުމަށާއި، އަދި ޑިރެކްޓަރ މުޙައްމަދު ސަޢުދީ ޙަސަން މިދަތުރުގައި ބައިވެރިވެ ވަޑައިގަތުމާއެކު ދަތުރުގައި ބައިވެރިވާ އިދާރީ މުވައްޒަފުން ކަނޑައެޅުމުގައި މޭޔަރ، ޑެޕިއުޓީ މޭޔަރ، އަދި ކައުންސިލްގެ ޒިންމާދާރުވެރިޔާ، ޑިރެކްޓަރ މުޙައްމަދު ސަޢުދީ ޙަސަންގެ ލަފައާއި މަޝްވަރާގެ މަތިން އިދާރީ މުވައްޒަފުން ކަނޑައެޅުމަށް ފެންނަކަމަށް ، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޢަލީ ފަހުމީ އަޙުމަދު

ހުށަހެޅުން ހުށަހެޅި:ކައުންސިލަރ އިބްރާހީމް ޝުކުރީ      

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް:05 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/170

ތާރީޚް: 2 އޮކްޓޯބަރ 2018