އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ހިތަދޫ މަނިކު ބޯޅަ ދަނޑުގެ މަސައްކަތުގެ ފޭސް 1 ގެ އެއްބަސްވުން އުވާލި ފަހުން ރިޓެންޝަން ދީފައިވާ ކަމަށް ބުނާ މައްސަލަ

9 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯރޓްގެ (ޅ) ގެ 2 ވަނަ ނަމްބަރުގައި ފާހަގަ ކުރެވިފައިވާ ހިތަދޫ މަނިކު ބޯޅަ ދަނޑުގެ ވަށާ ފާރު ރާނާ ފެންސްޖަހާ ގޭޓް ހަރުކުރުމުގެ މަސައްކަތުގެ ފޭސް 1 ގެ އެއްބަސްވުން އުވާލި ފަހުން ރިޓެންޝަންގެ ގޮތުގައި ބަހައްޓާފައިވާ ފައިސާ ކޮންޓްރެކްޓަރަށް ދީފައިވާ ކަމަށް ބުނާ މައްސަލައާއި، އެ ރިޕޯރޓްގެ (ޅ) ގެ 4 ވަނަ ނަމްބަރުގައި އެޑްވާންސްގެ ގޮތުގައި އިތުރަށް ފައިސާ ދެވިފައިވާ ކަމަށް ބުނާ މައްސަލައާއި ގުޅިގެން ކަންހިނގާފައިވާ ގޮތް ބަލައި ތައްޔާރު ކުރެވިފައިވާ ރިޕޯރޓާއި މެދު ކައުންސިލުން ގޮތެއް ނިންމުން .  

މައްސަލަ ހުށަހެޅި ފަރާތް:  ލީގަލް ޔުނިޓް    

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އޮޑިޓަރ ޖެނެރަލް އޮފީހުގެ ނަންބަރު COM-2018-I(D) (27 ފެބުރުއަރީ 2018) އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގައި ހުރި މައްސަލަތައް ދިރާސާކޮށް ރިޕޯޓް އެކުލަވާލައި ކައުންސިލަށް ހުށަހެޅައި ގޮތެއް ކަނޑައެޅުމުގައި ތިރީގައި ބަޔާން ކުރެވިފައިވާ ނުކުތާތަކުގައި ވާގޮތުގެ މަތިން މިމައްސަލަ ކުރިއަށް ގެންދިއުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

  1. ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދު (11 ފެބުރުއަރޫ 2009) ގެ 1.07 ގެ ގައި "އެކިފަރާތްފަރާތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން އަޅަންޖެހޭ ފިޔަވަޅުތައް އަލަންވާނެކަމަށާއި، ލިބެންޖެހޭފައިސާއެއް ހޯދުމަށް އެއޮފީހަކުން އަޅާފައި ހުރި ފިޔަވަޅުތައް އެނގޭގޮތަށް ރިކޯޑުތައް ބެލެހެއްޓިފައި އޮންނަންވާނެކަމާއި، ފިޔަވަޅުއެޅުމަށްފަހުގައިވެސް ފައިސާ ނުލިބޭނަމަ، އެ މައްސަލަތައް ގަވާއިދުން ޝަރީޢަތަށް ހުށަހަލަންވާނެ" ކަމަށް ބަޔާންކޮށްފައިވުމާއެކު، އައްޑޫ ސިޓީ ކައުންސިލަށް ލިބެންޖެހޭ 40,334.26 (ސާޅީސްހާސް ތިންސަތޭކަ ތިރީސްހަތަރު ރުފިޔާ ސައްބީސް ލާރި) ހޯދުމަށް ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ އަށް ސިޓީ ފޮނުވުމަށާއި އެފައިސާ އެފަރާތުން ނުދީފިނަމަ ޝަރީޢަތް މެދުވެރިކޮށް މިފައިސާ ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ކުރެވެން ހުރި މަސައްކަތްތައް ކުރުމާއި،

 

  1. އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ ރިޕޯޓް ނަންބަރު 426-EC/PIR/2015/18 (16 އޯގަސްޓް 2015) އިންސްޕެކްޝަން ރިޕޯރޓް އިން މިމަސައްކަތް އިންސްޕެކްޓްކޮށް ރިޓެންޝައަށްވާ 51,537.87 (ފަންސާސް އެއްހާސް ފައްސަތޭކަ ތިރީސް ހަތްރުފިޔާ އަށްޑިހަ ހަތްލާރި) ދާގަނޑު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ދީފައިވަނީ ދެފަރާތުގެދެމެދު ވެފައިވާ އެއްބަސްވުމާއި ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދު (11 ފެބުރުއަރީ 2009) އާއި އެއްގޮތްވާ ގޮތުގެމަތިންކަން މިމައްސަލައިގެ ލިޔެކިޔުންތަކާއި ކަންހިނގާފައިވާގޮތަށް ބެލުމުން އެގެންއޮތުމާއި،

 

 

  1. ރަޖުޢީކޮށް މާޒީގައި ހިގާފައިވާ ކަމެއްގެ މައްޗަށް ޤަވާޢިދު ނަންބަރު  2017/R-20  ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދު (20 ފެބުރުއަރީ 2017) ތަޠްބީޤުނުކުރެވޭނެތީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ނަންބަރު COM-2018-1(D) އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ 2015 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓްގެ (ޅ) ގެ 2 ވަނަ ނަންބަރުގައިވާ އިޞްލާޙުކުރަން ލަފާ ދިންގޮތުގެ (ހ) އަދި (ށ) ގައި ރިޢަޔާތްކޮށްފައިވާ ޤަވާޢިދު ނަންބަރު  2017/R-20  ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދު (20 ފެބުރުއަރީ 2017) މާއްދާތަކުގެ ދަށުން މި މަސައްކަތާއި ގުޅިގެން  ފައިސާނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައެޅުން.

ތާއީދު ކުރެއްވި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު  

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު  ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/173

ތާރީޚް: 9 އޮކްޓޯބަރ 2018