އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީއަށް ވިއްސާރައިގައި އުދަ އެރުމުގެ ސަބަބުން ގިނަ ގެތަކަށް ފެންވަދެ ލިބުނު ގެއްލުންތަކަށް އެހީތެރިވުމުގައި ކައުންސިލުން ގޮތެއް ނިންމުން

9 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީއަށް ވިއްސާރައިގައި އުދަ އެރުމުގެ ސަބަބުން ގިނަ ގެތަކަށް ފެންވަދެ ލިބުނު ގެއްލުންތަކަށް އެހީތެރިވުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ސޯޝަލްސަރވިސް ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިފަދަ މައްސަލަ ކައުންސިލަށް ހުށަހެޅުމުގައި ސެކްޝަނުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިނުވާ ކަންފާހަގަކޮށް، މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ރިޕޯރޓްގައި ފާހަގަ ކުރެވިފައިވާ ކަންކަމަށް ބަލާއިރު ރަށްރަށަށް ގެއްލުން ވެފައިވަނީ ހޭޅިފަށުން ވެލިނަގަމުން ދިއުމާއި، ހޭޅިފަށުގައި ހުރި ގަސްތައް ކޮށައި ތިމާވެއްޓަށް ގެއްލުންލިބޭ މިބާވާތުގެ ކަންކަން ތަކުރާރުކޮށް ހިނގަމުން ދިއުމުގެ ސަބަބުން ކަން ފާހަގަ ކުރެވޭތީ، ދެމެހެއްޓެނިވި ގޮތެއްގައި އަވަށުގައި ހިނގާ މިފަދަ ކަންކަން ރަނގަޅު ކުރުމަށް އެޅިދާނެ ފިޔަވަޅު ތަކަކީ ކޮބައިކަން ދަނެގަތުމަށް ރަނގަޅު ދިރާސާއެއްކޮށް ރިޕޯރޓް އެކުލަވާލުމަށްފަހު އެ ރިޕޯރޓްގެ މައްޗަށް ބަލައި އަވަށްތަކުގައި ހިނގާ މިފަދަ ކަންކަން ރަގަނޅު ކުރުމުގެ މަސައްކަތް ހިންގުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވި: ޑކައުންސިލަރ، އިބްރާހީމް ޝުކުރީ

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު  ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/174

ތާރީޚް: 9 އޮކްޓޯބަރ 2018