އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަވަށު އޮފީސްތަކުގެ ނަން ބޯޑުތައް އެއްގޮތް ކުރުން

9 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އަވަށު އޮފީސްތަކުގެ ނަން ބޯޑުތައް އެއްގޮތް ކުރުން  

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ އިބްރާހީމް ޝުކުރީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ރިޔާސީ އާދައުރަކަށް ފެށުމުގެ ކުރިން އަވަށު އޮފީސް ތަކުގެ ނަންބޯޑު އެއްގޮތް ކުރުމުގެ މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމުގައި ފެންނާތީ، މިއަދު ހުށަހެޅިފައިވާ މައްސަލައާއި އެކު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމައަށް ހުށަހެޅިފައި ނުވާކަމަށް ފެންނާތީ، ކައުންސިލްގެ ބަޖެޓްގެ ތެރެއިން މިކަމަށް ޚަރަދު ކުރެވޭނެ ގޮތަކީ ކޮބައިތޯ ބަލައި، މިބޯޑު ތަކުގެ ނަމޫނާ ތައްޔާރުކޮށް ކައުންސިލްގެ ދެންއޮންނަ ޖަލްސާއަށް މިމައްސަލަ ހުށަހަޅަން ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު  ޔަސްރިފް

ހުށަހެޅުން ހުށަހެޅި:ކައުންސިލަރ އިބްރާހީމް ޝުކުރީ      

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް:05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް


ނިންމުން ޑައުންލޯޑް ކުރެއްވުމަށް

އަވަށު އޮފީސްތަކުގެ ނަން ބޯޑުތައް އެއްގޮތް ކުރުން


ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/176

ތާރީޚް: 9 އޮކްޓޯބަރ 2018