އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ކައުންސިލް އިދާރާއަށް ބަޔަކު ވަދެ ވައްކަންކޮށް މިއިދާރަގެ ބައެއް ތަންތަނަށާއި ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ

16 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

02 އޮގަސްޓް 2018 ވަނަ ދުވަހުރޭގަނޑު ކައުންސިލް އިދާރާއަށް ބަޔަކު ވަދެ ވައްކަންކޮށް މިއިދާރަގެ ބައެއް ތަންތަނަށާއި ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލަ

މައްސަލަ ހުށަހެޅި ފަރާތް:  އިދާރީ ސެކްޝަން      

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ލިޔުންތައް ފުރިހަމައަށް ހުށަހެޅިފައިނުވާކަން ފާހަގަ ކުރެވޭ ކަމަށާއި، މިގޮތުން މައްސަލާގައި ބަޔާން ކުރެވިފައިވާ ޙާދިސާގައި ގެއްލުނު ތަކެތި ކަމަށް ހުށަހަޅާފައިވާ ލިސްޓްގައި ވެރިއެއްގެ ސޮއި ކުރެވިފައި ނުވާކަމަށާއި، އަދި މި ޙާދިސާ ހިނގި ގޮތުގެ ތަފްޞީލު ރިޕޯރޓް މައްސަލައާއި އެކު ހުށަހެޅިފައި ނެތުމުން މިމައްސަލަ ކުރިއަށްގެންދިއުމަށް ދަތިވަފައިވާކަން ފާހަގަކޮށް، މިމައްސަލަ ކުރިއަށް ގެންދިއުމަށް އިތުރު ތަފްޞީލު ބޭނުންވާތީ ޢާއްމު ކޮމިޓީއަށް މި މައްސަލަ ފޮނުވުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ކައުންސިލަރ އިބްރާހީމް ޝުކުރީ

ކައުންސިލަރ، ފައިޞަލް އިބްރާހީމް

ހުށަހެޅުންހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/179

ތާރީޚް: 16 އޮކްޓޯބަރ 2018