މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ހުސްވެފައިވާ ދާއިރާތަކަށް މެންބަރުން އިންތިޚާބު ކުރުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދި ހުށަހެޅޭ މައްސަލަ. |
||||
މައްސަލަ ހުށަހެޅި ފަރާތް: އިދާރީ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ލޯކަލް ޤަވަރމަންޓް އޮތޯރިޓީގެ ނަމްބަރ: 221/426/2017/12 (03 ޖުލައި 2017) ސިޓީ އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ކަންކަން ކުރިއަށް ގެންދިއުމުގެ އުޞޫލާއި އެއްގޮތަށް އިޖުރާޢަތްތައް ފުރިހަމަކޮށް، އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީއިން މަދުވާ 3 މެމްބަރުން އިންތިޚާބު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އަންގަވާފައިވާތީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިޚާބު ކުރުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލުތަކުގެ އަތްމަތީ ފޮތުގެ 4 ވަނަ މާއްދާގެ (ބ) ގައިވާ ގޮތުގެ މަތީން މި އިދާރާގެ ޒިންމާދާރުވެރިޔާ މުޙައްމަދު ސަޢުދީ ޙަސަނުގެ ބެއްލެވުމުގެ ދަށުން 3 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް އެކުލަވާލައްވައި، މިއިންތިޚާބު އަވަހަށް ބެއްވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމުނެވެ. |
||||
ތާއީދު ކުރެއްވި : ކައުންސިލަރ އިބްރާހިމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި : ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން ހުސްވެފައިވާ ދާއިރާތަކަށް މެންބަރުން އިންތިޚާބު ކުރުމުގެ އިންތިޒާމް ހަމަޖައްސަވައިދެއްވުން