އައްޑޫސިޓީ ކައުންސިލްގެ އިދާރާ

މަރަދޫ އަވަށު ޕާރކް ލޭންޑް ސްކޭޕް 2 ވަނަ ފޭސްގެ މަސައްކަތް

23 އޮކްޓޯބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލް އިދާރާގެ މަރަދޫ އަވަށު މާރަދޫ ޕާރކް ލޭންޑް ސްކޭޕް 2 ވަނަ ފޭސްގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ބިޑް ކޮމިޓީގެ މަސައްކަތު މަރުހަލާގައި ނިމުނު ގޮތާއިމެދު ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޕްރޮޖެކްޓް ސެކްޝަން

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ބިޑު ކޮމިޓީން ނިންމަވާފައިވާ ގޮތުގެމަތީން، މަރަދޫ އަވަށުގެ މަރަދޫ ޕާރކް ލޭންޑް ސްކޭޕް 2ވަނަ ފޭސްގެ މަސައްކަތް ކޮށްދިނުމަށް އެދި މިއިދާރާއަށް ހުށަހަޅާފައިވާ ބީލަން ބާޠިލްކުރުމަށްފަހު، އަލުން އެމަސައްކަތަށް އިޢްލާންކުރުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.  

ތާއީދު ކުރެއްވި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް    

ކައުންސިލަރ، ފައިޞަލް އިބްރާހީމް 

ހުށަހެޅުންހުށަހެޅި:

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/188

ތާރީޚް: 23 އޮކްޓޯބަރ 2018