އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފޭދޫއަވަށުގެ މާނިފާ ކުރިމަތިން ހުސްކޮށް އޮތް ގޯތީގެ ބެރުން ވަދެ ނިކުމެވޭ ގޮތަށް ދޮރު ކެނޑުން

16 ޑިސެމްބަރ 2018     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ފޭދޫއަވަށުގެ މާނިފާ ކުރިމަތިން ހުސްކޮށް އޮތް ގޯތީގެ ބެރުން ތާރުއަޅައިގެން ހަދާފައިވާ މަގާއި ދެމެދު އޮތް ހުސްބިމުން މާނިފާ ގޭގެ މިހުންނަށް ވަދެ ނިކުމެވޭ ގޮތަށް ދޮރު ކެނޑުން އަދި އެހެން ބޭނުންތަކަށް ވެސް އެބިމުން ވަދެ ނިކުމެވޭނެ އިންތިޒާމް ހަމަޖެއްސުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި އތުރަށް ދިރާސާ ކުރަން ޖެހޭ މުހިއްމު ކަންކަން ހުރި ކަމަށް ފާހަގަ ކުރެވޭތީ މިމައްސަލަ ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ ލީގަލް ޔުނިޓުން މިމައްސަލަ ދިރާސާ ކުރުމަށްފަހު ލީގަލް ލަފައާއި އެކު ދެންއޮންނަ ކައުންސިލް ބައްދަލު ވުމަށް މިމައްސަލަ ހުށަހެޅުމަށް ފެންނަ ކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ، ޢަލީ ފަހުމީ އަޙްމަދު

ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2018/218

ތާރީޚް: 16 ޑިސެމްބަރ 2018