މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ހުޅުދޫ މަސްވެރިންނަށާއި ދަތުރުވެރިންނަށް ހުޅުދޫ ބަނދަރުން ފެން ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް ހުޅުދޫ މަސްވެރިންގެ ފަރާތުން އެދިފައިވާތީ، އެކަން ހަމަޖެއްސުމަށް ހުށަހަޅާ މައްސަލަ. |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ އިބްރާހިމް ޝުކުރީ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، ހުޅުދޫ މަސްވެރިންނަށާއި ދަތުރުވެރިންނަށް ހުޅުދޫ ބަނދަރުން ފެން ލިބޭނެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސަވައިދެއްވުމަށް ނިންމެވިއެވެ. އަދި ދެމެހެއްޓެނިވިގޮތެއްގައި ޤާއިމުކުރެވިފައިވާ މި ނިޒާމުތަކުގެ ބޭނުން ކުރެވޭނެގޮތެއް ހޯދުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތް ވެސް ކުރަންޖެހިފައިވާކަން ފާހަގަކުރައްވާ، އެކަން އަލުން ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދިއުމަށް ނިންމެވިއެވެ. |
||||
ތާއީދު ކުރެއްވި : ކައުންސިލަރ ފައިޞަލް އިބްރާހިމް |
ހުށަހެޅުން ހުށަހެޅި : ކައުންސިލަރ އިބްރާހިމް ޝުކުރީ |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ހުޅުދޫ މަސްވެރިންނަށާއި ދަތުރުވެރިންނަށް ހުޅުދޫ ބަނދަރުން ފެން ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައި ދެއްވުމަށް އެދިފައިވާތީ