މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫގައި ފަތުރުވެރިންގެ ބީޗެއް އޮންނަންވީތަން ކަނޑައަޅައި އެ ބީޗް ދޮންވެލިން މުއްސަނދިކޮށް ފަތުރުވެރިންނާއި ގުޅުން ހުރި ގޮތަކަށް ފަތުރުވެރިންނަށް ޚާއްޞަ ބީޗެއް ތައްޔާރުކުރުމުގައި ކައުންސިލުން ގޮތެއް ނިންމުމަށް ހުށަހަޅާ މައްސަލަ. |
||||
މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ ، އަބްދުﷲ ސޯދިޤް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: ހުށަހަޅާފައިވާ މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިމައްސަލަ ހުށަހަޅާފައިވާ ގޮތަށް ކުރިއަށްގެންދިއުމުގައި، އައްޑޫސިޓީގައި ފަތުރުވެރިންގެ ބީޗްއެއް ހެދުމަށް ޚާއްސަ ކުރެވޭ ލޮކޭޝަން ކަނޑައަޅައި މިތަނުގެ ޑިޒައިން އެކުލަވާލުމަށާއި، ތަނުގެ އީ.އައި.އޭ ހެދުމާއި، ޓެކްނިކަލް ސަރވޭ ފަދަ މުހިއްމު މަސައްކަތް ކުރިއަށް ގެންގޮސް އައްޑޫގައި ޓުއަރިސްޓް ބީޗެއް ހެދޭނެ މަގު ފަހި ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށާއި، މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ބޭނުންވާ ފައިސާ ޚަރަދުކުރުމުގައި، ޓްރަސްޓް ފަންޑުގައި ޓޫރިޒަމް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ފައިސާ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖައްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: މޭޔަރ ، އަބްދުﷲ ސޯދިޤް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ވޯޓުގައި ބައިވެރިވި: 03 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫގައި ފަތުރުވެރިންގެ ބީޗެއް އޮންނަންވީތަން ކަނޑައަޅައި އެ ބީޗް ދޮންވެލިން މުއްސަނދިކޮށް ހެދުމަށް