މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގެ ހިތަދޫ އަވަށުގެ ހުޅަނގު އުތުރު ސަރަޙައްދު ކޮރޮވައު މޫލެކެޑެ ހިމެނޭގޮތަށް("ޒިޔާރަތް ފަންނުން ފެށިގެން އުތުރަށް") ގިރަމުން ދާތީ އެސަރަޙައްދު ޙިމާޔަތް ކުރުމަށް ހިންގޭ ޕްރޮޖެކްޓް ފެށުމުގެ ކުރިން ހަދަން ޖެހޭ އީ.އައި.އޭ ހެދުމުގައި ކައުންސިލުން ގޮތެއް ނިންމުން |
||||
މައްސަލަ ހުށަހެޅި ފަރާތް: މޭޔަރ، ޢަބްދުﷲ ޞާދިޤް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، އައްޑޫސިޓީގެ ހިތަދޫ އަވަށުގެ ހުޅަނގު އުތުރު ސަރަޙައްދު ކޮރޮވައު މޫލެކެޑެ ހިމެނޭގޮތަށް("ޒިޔާރަތް ފަންނުން ފެށިގެން އުތުރަށް") ރަށް ގިރަމުން ދިއުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެތަކުގެ އިންފާރު ފޫއަޅައި ގެތަކަށް ލޮނުވަދެ ޢާއްމު ރައްޔިތުންގެ އަގުބޮޑު މުދަލަށް ބޮޑެތި ގެއްލުން ވަމުން ދިއުމާއި ގުޅިގެން ރައްޔިތުންގެ ޝަކުވާ ގިނަވެފައި ވުމުން، ގިރަމުންދާ ސަރަހައްދުގެ އީ.އައި.އޭ ހަދައި އެސަރަޙައްދުގައި ދިރި އުޅެމުންދާ މީހުންނަށް ޙިމާޔަތާއި ރައްކާ ތެރިކަން ހޯދައި ދިނުމަށް މަސައްކަތް ކުރުމުގެ ގޮތުން ޕްރޮޖެޓެއް ރާވާ ހިންގުމަކީ މުހިއްމު ކަމެއް ކަމުގައި ފެންނާތީ، " އައްޑޫސިޓީގެ ހިތަދޫ އަވަށުގެ ހުޅަނގު އުތުރު ސަރަޙައްދުގެ ޒިޔާރަތް ފަންނުން ފެށިގެން އުތުރަށް ރަށް ގިރަމުންދާ ސަރަޙައްދު ގައި ދިރިއުޅޭ މީހުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކައުންސިލުން ޕްރޮޖެކްޓެއް ރާވައި ހިންގުމުގެ މަސައްކަތް ފެށުމާއި، މިމަސައްކަތް ފަށައިގަތުމަށް އެސަރަހައްދުގެ އީ. އައި.އޭ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ފެންނަކަމަށާއި، އަދި މި ސަރަހައްދުގެ އީ.އައި. އޭ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޢާއްމުކޮށް އިއުލާނުކޮށްގެން ހުށަހަޅާ ޕްރޮޕޯސަލްތަކަށް ބަލައި، ކައުންސިލްގެ އާމްދަނީ ބަޖެޓްގައި "ޤުދުރަތީ ގޮތުން ދިމާވާ ކަންކަމާއި ކާރިސާ ތަކާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަމަށް" ޚަރަދު ކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑު ނަމްބަރު 228005އިން މިކަމަށް ހިނގާނެ ކަމަށް ލަފާ ކުރެވޭ ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވީ: ކައުންސިލަރ، އަލީ ފަހުމީ އަޙުމަދު، ކައުންސިލަރ، އިބްރާހީމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި: މޭޔަރ، ޢަބްދުﷲ ޞާދިޤް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ވޯޓުގައި ބައިވެރިވި: 03 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
