މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: 02 އޮގަސްޓް 2018 ދުވަހުގެ ރޭގަނޑު ކައުންސިލް އިދާރާއަށް ބަޔަކު ވަދެ ވައްކަން ކޮށްފައިވާތީ، ގެއްލިފައިވާ ތަކެތި މިއިދާރާގެ އިންވެންތްރީ އިން ނައްތާލުމާ މެދު ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުމާއި، ވައްކަމުގެ ޙާދިސާއާއި ގުޅިގެން ޝަޒްމީ އިންވެސްޓްމަންޓުން އިހުމާލުވެފައިވާތީ، ކައުންސިލް އިދާރާއަށް ލިބުނު ގެއްލުމުގެ ބަދަލު ދިނުމަށް އެފަރާތުން ހުށަހަޅާފައިވަ ސިޓީއާއި މެދު ކައުންސިލުން ގޮތެއް ނިންމުން. |
||||
މައްސަލަ ހުށަހެޅި ފަރާތް: އިދާރީ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލާގައި ފާހަގަ ކުރެވިފައިވާ ނުކުތާ ތަކުގެ ތެރޭގައި ހިމެނޭ ގެއްލުމުގެ ބަދަލު ނެގުމާއި، އެއްބަސްވުން ބާޠިލު ކުރުމުގައި ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލުން މީގެކުރިން ނިންމާފައިވާކަން ފާހަގަކޮށް، މިކަންކަމާއި ގުޅިގެން ކުރިއަށް ގެންދަންޖެހޭ މަސައްކަތް ކުރިއަށް ގެންދިއުމަށާއި، " މައްސަލާގައި ފާހަގަ ކުރެވިފައިވާ 06 އޮގަސްޓް 2018 ވަނަ ދުވަހުގެ ރޭގަނޑު ކައުންސިލް އިދާރާގައި ހިނގި ވައްކަމުގެ މައްސަލައާއި ގުޅިގެން އިދާރާއިން ގެއްލިފައިވާ ތަކެތި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާއަށް ރިއާޔަތްކޮށް ކައުންސިލް އިދާރާގެ އިންވެންޓްރީން އެ ތަކެތި އުނިކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވީ: ކައުންސިލަރ، އަލީ ފަހުމީ އަޙުމަދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 02 ވޯޓް |
ވޯޓުގައި ބައިވެރިވި: 03 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
