އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ދަމަރާގިރި ޢިމަރާތުގެ ޖާގަ އިތުރުކޮށްދެއްވައި ޢިމާރާތް މަރާމާތު ކުރުމުގެ ހުއްދަ ހޯދުމަށް

29 ޖެނުއަރީ 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:  

ސ.މަރަދޫފޭދޫ މެރީވިލާ މުޙައްމަދު އަފީފު " ދަމަރާގިރި" ނަމުގައި ( ކުރިން މަރަދޫފޭދޫ އޮފީސް ހިންގި ޢިމާރާތުގެ ގުދަނުގައި) ހިންގަމުން އަންނަ ޢިމަރާތުގެ ޖާގަ އިތުރުކޮށްދެއްވައި އަލުން ޢިމާރާތް މަރާމާތުގެ ކުރުމުގެ ހުއްދަ ހޯދުމަށް އެދި ހުށަހެޅިފައިވާ މައްސަލައަށް ކައުންސިލުން ގޮތެއް ނިންމުން  

މައްސަލަ ހުށަހެޅި ފަރާތް:  އިދާރީ ސެކްޝަން    

ނިންމުން

މައްސަލަ ނިމުނުގޮތް:

މިމައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން އިތުރަށް ދިރާސާ ކުރަންޖެހޭ މުހިއްމު ކަންކަން ހުރިކަމަށް ކައުންސިލަށް ފާހަގަ ކުރެވޭތީ، ކައުންސިލްގެ ޢުމްރާނީ ތަރައްޤީއާއި ބޯހިޔާ ވަހިކަމުގެ ކޮމިޓީއަށް މައްސަލަ ފޮނުވުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްކުރެވުނެވެ.

ތާއީދު ކުރެއްވި:  ކައުންސިލަރ ޖަމްޝީދާ މުޙައްމަދު  

ހުށަހެޅުން ހުށަހެޅި:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/22

ތާރީޚް: 29 ޖެނުއަރީ 2019