މައްސަލަ |
|||
ހުށަހެޅުނު މައްސަލަ: މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ނަމުގައި ހުޅުދޫގެ ޒުވާނުން އިސްނަގައިގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގެ ވަނަތަކަށާއި އިންތިޒާމްތަކަށް ޚަރަދު ކުރުމަށް އައްޑޫ ސިޓީ ކައުންސިލްގެ މާލީ އެހީއަށް އެދި ސިޓީއެއް ފޮނުވާފައިވުން. |
|||
މައްސަލަ ހުށަހެޅި ފަރާތް: އިބްރާހިމް ޝުކުރީ ކައުންސިލަރ |
|||
ނިންމުން |
|||
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، މައްސަލައާއި މެދު ފެންނަ ގޮތް ކަމުގައި ލިޔުމުން ހުށަހެޅުނު ގޮތަށް ބަދަލެއް ގެނެސް، މިނިވަންކަޕް ފުޓްސަލް މުބާރާތުގެ ނަމުގައި ހުޅުދޫގައި ބާއްވާ ފުޓްސަލް މުބާރާތުގައި ބައިވެރިވާ 2 ޓީމުން ކޮންމެ ޓީމަކަށް -/5،000ރުފިޔާ (ޖުމްލަ: -/10،000ރުފިޔާ) ދިނުމަށާއި އަދި މުބާރާތް އިންތިޒާމް ކުރާ ފަރާތަށް -/5،000ރުފިޔާ (ޖުމްލަ: -/15،000ރުފިޔާ) ދިނުމަށް ނިންމުނެވެ. އަދި ހުޅުދޫގެ ރައްޔިތުންގެ ނަމުގައި ޚަރަދު ކުރުމަށް ކަނޑައަޅުއްވާފައިވާ ކޯޑުން މި ޚަރަދު ކުރުމަށް ނިންމުނެވެ. |
|||
ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ |
||
ވޯޓް ދެއްވި ގޮތް |
|||
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 04 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
