މައްސަލަ |
|||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލް އިދާރާގެ ނަމްބަރ: 426-AA/(N)2017/127 (06.06.2017) ދެންނެވުމުގައިވާ ފަދައިން ވެބް ބޭސްޑް ކޮމްޕްލެއިންޓް މެނޭޖްމަންޓް ސިސްޓަމެއް ގަތުމަށް ފާސްކޮށްދެއްވުން އެދި / މުޙައްމަދު ލުޠުފީ މީޑިއާ ޔުނިޓް |
|||
މައްސަލަ ހުށަހެޅި ފަރާތް: މީޑިއާ ޔުނިޓް |
|||
ނިންމުން |
|||
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު، މެނުއަލް ސިސްޓަމެއް ބޭނުންކޮށްގެން ޝަކުވާތައް ބެލެހެއްޓުމަކީ، އެންމެ އެކަށީގެންވާ ގޮތެއްގައި ކުރެވިދާނެ ކަމެއް ކަމަށް ނުފެންނާތީއާއި ވެބް ބޭސްޑް ސިސްޓަމަކުން ޝަކުވާތައް ބެލެހެއްޓޭނަމަ އެ ޝަކުވާތަކާއި ގުޅިގެން އެޅޭ ފިޔަވަޅާއި ޝަކުވާގެ ތަފާސް ހިސާ ހޯދަން ފަސޭހަވެ، މަސައްކަތް ކުރާ މުވައްޒަފުންނަށް ފަސޭހަވެގެން ދިއުމާއި މިފަދަ ސޮފްޓްވެއަރތައް ފަސޭހައިން ލިބެން ހުރުމާއިއެކު ވެބް ބޭސްޑް ކޮމްޕްލެއިންޓްސް މެނޭޖްމަންޓް ސިސްޓަމެއް ހޯދުމަށް ހިނގާ ޚަރަދު ފިޔަވައި، އިތުރު ޚަރަދެއް ނުހިނގާނެ ކަމަކަށްވެފައި މިސިސްޓަމް ޤާއިމުކުރެވުމުން ތިރީގައިވާ ކަންކަން ފަސޭހަވެގެންދާނެތީ، މައްސަލަ ހުށަހެޅިފައިވާގޮތަށް ބަޖެޓްގެ 002 222 ކޯޑް އިން ޑިޖިޓަލް ނޯޓިސް ބޯޑް ހޯދުމަށް ކަނޑައެޅިފައިވާ -/40000ރުފިޔާ އިން -/10000 ރުފިޔާ ޚަރަދުކޮށް ވެބް ބޭސްޑް ކޮމްޕްލެއިންޓްސް މެނޭޖްމަންޓް ސިސްޓަމެއް ހޯދުމަށް ފާސްކުރުމަށް ފެންނަ ކަމަށް ނިންމެވިއެވެ. ކައުންސިލް އިދާރާގެ ހުރިހާ އަވަށްތަކު އޮފީސްތަކަށްވެސް އެކްސެސް ކުރެވޭނެ ވެބް ބޭސްޑް ސިސްޓަމަކަށްވުން. ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން ފިޔަވަޅު އެޅޭނެ އިންތިޒާމް ހުރުމާއި އެޅޭ ފިޔަވަޅުތައް މޮނިޓަރ ކުރުން. ހުށަހެޅޭ ޝަކުވާތަކާއި އޭގެ ރިޕޯޓް ނެގުން. |
|||
ތާއީދު ކުރެއްވި: ކައުންސިލަރ ޙުސައިން ހިޔާޟް |
ހުށަހެޅުން ހުށަހެޅި: ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
||
ވޯޓް ދެއްވި ގޮތް |
|||
ބައިވެރިވެވަޑައިނުގަންނަވާ:00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 05 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ވެބް ބޭސްޑް ކޮމްޕްލެއިންޓް މެނޭޖްމަންޓް ސިސްޓަމެއް ގަތުމަށް