އައްޑޫސިޓީ ކައުންސިލްގެ އިދާރާ

"އައި.ސީ.އެލް.އީ.އައި – ލޯކަލް ގަވަރމެންޓްސް ފޯރ ސަސްޓެއިނެބިލިޓީ" މި ޖަމުޢިއްޔާގައި އައްޑޫ ސިޓީ ކައުންސިލް ބައިވެރިވުމަށް

25 ޖުލައި 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

"އައި.ސީ.އެލް.އީ.އައި – ލޯކަލް ގަވަރމެންޓްސް ފޯރ ސަސްޓެއިނެބިލިޓީ" މި ޖަމުޢިއްޔާގައި އައްޑޫ ސިޓީ ކައުންސިލް ބައިވެރިވުމަށް ނިންމާ ޤަރާރު ފާސްކުރުން  

މައްސަލަ ހުށަހެޅި ފަރާތް: ޢަބްދުﷲ ޞާދިޤު /  މޭޔަރ  

ނިންމުން

މައްސަލަ ނިމުނުގޮތް:

        މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

ޖަރމަނީގެ ބޮން ގައި ގާއިމުކުރެވިފައިވާ "އައި.ސީ.އެލް.އީ.އައި – ލޯކަލް ގަވަރމެންޓްސް ފޯރ ސަސްޓެއިނެބިލިޓީ" މި ޖަމުޢިއްޔާ އަކީ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކަކީ ދެމެހެއްޓެނިވި މުސްތަޤްބަލެއް ހޯދުމަށް މަގު ފަހިކޮށްދޭ ކަންކަން ކަމުގައި ހެދުމުގެ ޢަޒުމުގައި، ސިޓީތަކުގެ މެދުގައި ގުޅުން ޤާއިމުކޮށް، އެ ގުޅުންތައް ވަރުގަދަކުރުމަށް މަސައްކަތް ކުރާ، ޒަމާނީ ތަރައްޤީއާއިއެކު އަންނަ ގޮންޖެހުންތަކާއި، އިޤްތިޞާދާއި އާބަދީ އަށް އަންނަ ބަދަލުތަކަށް ހޭލުންތެރި، މޫސުމީ ބަދަލުތަކުން ސިޓީތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި މެމްބަރު ސިޓީތަކުގެ ލާބައާއި، މަންފާއަށްޓަކައި ސިޓީތަކުގެ މެދުގައި އެއްބާރުލުން ވަރުގަދަކޮށް މެމްބަރު ޤައުމުތަކުގެ މެދުގައި ލަޔާޤަތްތެރިކަން އިތުރުކުރުމަށް ގުޅިގެން ދަސްކުރުމާއި ޙިއްސާކުރުންތައް އިތުރުކޮށް ދަމަހައްޓަން ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރާ މުއައްސަސާއަކަށް ވާތީ، "އައި.ސީ.އެލް.އީ.އައި – ލޯކަލް ގަވަރމެންޓްސް ފޯރ ސަސްޓެއިނެބިލިޓީ" މި ޖަމުޢިއްޔާގައި އައްޑޫ ސިޓީ ކައުންސިލް ބައިވެރިވުމަކީ އެތައް ގޮތަކުން އައްޑޫސިޓީ އަށް ފައިދާކުރާނެ ކަމެއް ކަމުގައި ޤަބޫލު ކުރެވޭތީ، "އައި.ސީ.އެލް.އީ.އައި – ލޯކަލް ގަވަރމެންޓްސް ފޯރ ސަސްޓެއިނެބިލިޓީ" މި ޖަމުޢިއްޔާގައި އައްޑޫ ސިޓީ ކައުންސިލް ބައިވެރިވުމަށް ނިންމާ ޤަރާރު ފާސްކުރުމަށް ފެންނަ ކަމަށާއި މިޚަރަދު ބަޖެޓް ކޯޑް 228007 މި އައިޓަމުން ކުރުމަށް ނިންމުނެވެ

ތާއީދު ކުރެއްވި:   ކައުންސިލަރ ޙުސައިން ހިޔާޟް

ހުށަހެޅުން ހުށަހެޅި: ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

  •   މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/163

ތާރީޚް: 25 ޖުލައި 2017