އައްޑޫސިޓީ ކައުންސިލްގެ އިދާރާ

'UCLG ASPA' މި ޖަމްޢިއްޔާގައި އައްޑޫސިޓީ ކައުންސިލް ބައިވެރިވުމަށް ނިންމާ ޤަރާރު ފާސްކުރުން

25 ޖުލައި 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

"ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓްސް އޭޝިއާ ޕެސިފިކް"  UCLG ASPA މި ޖަމްޢިއްޔާގައި އައްޑޫސިޓީ ކައުންސިލް ބައިވެރިވުމަށް ނިންމާ ޤަރާރު ފާސްކުރުން  / މޭޔަރ ޢަބްދުﷲ ޞާދިޤު

މައްސަލަ ހުށަހެޅި ފަރާތް: ޢަބްދުﷲ ޞާދިޤު /  މޭޔަރ  

ނިންމުން

މައްސަލަ ނިމުނުގޮތް:

        މި މައްސަލަ ކައުންސިލަށް ބަލައި ގަތުމަށާއި، މައްސަލައާއި ގުޅިގެން ކައުންސިލްގައި މަޝްވަރާކުރުމަށްފަހު،

އައްޑޫސިޓީ ކައުންސިލްގެ އެންމެ އިސް ދައުރަކީ، އައްޑޫސިޓީގެ މުޅި މުޖުތަމަޢުގެ ތަރައްޤީއަށް އަބަދުމެ ބާރުއެޅުމާއި، އައްޑޫސިޓީގެ ރައްޔިތުންނަށް އިޤްތިޞާދީ އަދި އިޖްތިމާޢީ ދުޅަހެޔޮކަމާއި ސިއްޙަތު ރަނގަޅު، ރައްކާތެރި، ދިރޭ ތަކެތީގެ މުއްސަނދިކަން ރައްކާތެރިކުރެވޭ ތިމާވެއްޓެއް ޤާއިމްކޮށްދީ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކުރުމަށް މަސައްކަތް ކުރުން ކަމަށްވާތީ،

އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ގާއިމުކުރެވިފައިވާ "ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓްސް އޭޝިއާ ޕެސިފިކް"  ULCG ASPAC މި ޖަމުޢިއްޔާ އަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ސިޓީތަކުގެ މެދުގައި ގުޅުން ގާއިމުކޮށް އެ ގުޅުންތައް ވަރުގަދަކުރުމަށާއި ސިޓީތައް ހިންގުމުގައި ޑިމޮކްރެޓިކް އަދި ލާމަރުކަޒީ އުޞޫލާއި ހަމަތަކަށް ސިޓީތައް ހިންގުމަށް ބާރުއަޅާ ބައިނަލް އަޤްވާމީ މުއައްސަސާ އަކަށް ވުމާއި،

ލާމަރުކަޒީ ނިޒާމްގެ އަސާސްމަތީ އިޤްތިޞާދީ، އިޖްތިމާއީ، ޘަޤާފީ، އަދި މަސައްކަތްތެރިކަމާއި ތިމާވެށީގެ  ދާއިރާގައި ޙިއްޞާކުރުންތަކާއި ބަދަލުކުރުންތައް ކުރިއަރުވައި ލަޔާޤަތްތެރިކަން އިތުރުކުރުމަށާއި ޖިންސީ ތަފާތު ނައްތާލުމަށާއި ހަމަހަމަކަން ޤާއިމު ކުރުމަށާއި، މެމްބަރު ސިޓީތަކުގެ ލާބައާއި، މަންފާއަށްޓަކައި ސިޓީތަކުގެ މެދުގައި އެއްބާރުލުން ވަރުގަދަކޮށް ދިގު މުއްދަތަކަށް ގުޅުން ދަމަހައްޓަން ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރާ މުއައްސަސާއަކަށްވާތީ، މި ޖަމްޢިއްޔާގައި ބައިވެރިވުމަކީ އެތައް ގޮތަކުން އައްޑޫސިޓީ އަށް ފައިދާކުރާނެ ކަމެއް ކަމަށް ޤަބޫލު ކުރެވުނު ހިނދު، އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ޤާއިމުކުރެވިފައިވާ "ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަރމެންޓްސް އޭޝިއާ ޕެސިފިކް"  ULCG ASPAމި ޖަމުޢިއްޔާގައި އައްޑޫ ސިޓީ ކައުންސިލް ބައިވެރިވުމަށް ނިންމާ ޤަރާރު ފާސްކުރުމަށް ފެންނަ ކަމަށާއި މި ޚަރަދު ބަޖެޓް ކޯޑް 228007 މި އައިޓަމުން ކުރުމަށް ނިންމުނެވެ.

ތާއީދު ކުރެއްވި:   ޑިޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި:  ކައުންސިލަރ ޙުސައިން ޙިޔާޟް

  •   މި މައްސަލަ ޖަލްސާއަށް ޙާޟިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.

ވޯޓް ދެއްވި ގޮތް  

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)2017/164

ތާރީޚް: 25 ޖުލައި 2017