މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ސ.ހިތަދޫ ސަމަންދަރު އާމިނަތު ޝާޠިރާގެ އާއިލާއަށް ބޯހިޔާވަހިކަން ހަމަޖައްސައި ދިނުން އެދި ހުށަހަޅާފައިވާ މައްސަލަ. |
||||
މައްސަލަ ހުށަހެޅި ފަރާތް: ސިއްޙަތާއި މުޖްތަމަޢު ކޮމިޓީ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް:
ސ.ހިތަދޫ ސަމަންދަރު އާމިނަތު ޝާތިރާއާއި އޭނާގެ 04 ކުދިންގެ ބޯހިޔާ ވަހިކަން ހަމަޖައްސައި ދިނުމަށް އެދި މި އިދާރާއަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން ސިއްޙަތާއި މުޖުތަމަޢު ކޮމިޓީން އާމިނަތު ޝާޠިރާއާއި ބައްދަލުކޮށް އޭނާގެ ދިރިއުޅުމުގެ ޙާލަތު ބެލުމަށްފަހު ތައްޔާރު ކުރެވިފައިވާ ރިޕޯޓުގައި ހިމެނޭ ކަންކަމަށް ރިޢާޔަތްކުރާއިރު، މިފަރާތަކީ މިހާރު އެކަނިވެރި މަޔެއް ނޫންކަމަށާއި، އަދި އޭނާގެ އާއިލާއަށް މަހެއްގެ މައްޗަށް ލިބޭ އާމްދަނީއަކީ، އެކަށީގެންވާ އާމްދަނީއެއް ކަމަށް ފާހަގަ ކުރެވޭތީ، ކައުންސިލުން ޚަރަދުކޮށްފައިވާ އިމާރާތެއް ވަކި ފަރާތަކަށް ދިރިއުޅުމަށްޓަކައި ދޫކުރުމަކީ އެންމެ އިންސާފުވެރި ގޮތް ޤަބޫލުނުކުރެވޭތީ، އާމިނަތު ޝާޠިރާ އެދިފައިވާ ގޮތަށް ކައުންސިލްގެ ޢިމާރާތެއް އާމިނަތު ޝާޠރާ ދިރިއުޅުމަށް ދޫކުރެވެން ނެތްކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މި ހުށަހެޅުން ފާސްކުރެވުނެވެ.
|
||||
ތާއީދު ކުރެއްވި: ކައުންސިލަރ ޢަލީ ފަހުމީ އަހްމަދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ވޯޓުގައި ބައިވެރިވި: 04 ވޯޓް |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ސ.ހިތަދޫ ސަމަންދަރު އާމިނަތު ޝާޠިރާގެ އާއިލާއަށް ބޯހިޔާވަހިކަން ހަމަޖައްސައި ދިނުން