އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ސ. އަތޮޅު މަދަރުސާއިން 10 ލޮރީގެ ފަސް ހޯދުމަށް އެދި ސްކޫލުން ހުށަހަޅާފައިވާ މައްސަލަ

2 އެޕްރީލް 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ:

ސ.އަތޮޅު މަދަރުސާގައި އަލަށް ހަދާފައިވާ ތިން ބުރި ޢިމާރާތް ހިމެނޭ ސަރަހައްދު ބެރުމަށްޓަކައި 10 ލޮރީގެ ފަސް ހޯދުމަށް އެދި ސްކޫލުން ހުށަހަޅާފައިވާ މައްސަލާގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: މީދޫ އަވަށު އޮފީސް           

ނިންމުން

މައްސަލަ ނިމުނުގޮތް

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މީދޫ އަވަށު އޮފީހުން ސ. އަތޮޅު މަދަރުސާގައި އަލަށް ހަދާފައިވާ  3 ބުރި ޢިމާރާތް ހިމެނޭ ސަރަޙައްދު ލެވެލް ކުރުމަށްޓަކައި 10 ލޮރީގެ ފަސް، ޕަބްލިކް ވޯކްސް ހުޅުދޫމީދޫ އޮފީހުން ސްކޫލަށް ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ފެންނަކަމަށް ހުށަހެޅި، އެހުށަހެޅުމަށް ތާއީދު ލިބުނެވެ. އަދި ތާއީދު ލިބުނު ގޮތަށް މައްސަލަ ކުރިއަށް ގެންދިއުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން، މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް  މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވީ:  ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް                 

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް 

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ފުރަތަމަ ދައުރު

ނަންބަރ: 426-BR(3)/2019/112

ތާރީޚް: 2 އެޕްރީލް 2019