އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހިތަދޫ މެދު ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރުން ކަނޑައެޅުން

8 އޯގަސްޓް 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ހުޅުދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާ ކުރެވުނު އިޢްލާނުގެ މުއްދަތު ހަމަވިއިރު، ހިތަދޫ މެދު ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލާފައިވަނީ، ދާއިރާއަކުން 1 ފަރާތްކަމަށްވާތީ، މެމްބަރުކަމަށް އެދި ކުރިމަތިލާފައިވާ 2 ފަރާތް އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ކަނޑައަޅުއްވާ ދެއްވުން އެދި

މައްސަލަ ހުށަހެޅި ފަރާތް: އިދާރީ ސެކްޝަން             

ނިންމުން

މައްސަލަ ނިމުނުގޮތް:

އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ހުޅުދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލާ ކުރެވުނު އިޢްލާނުގެ މުއްދަތު ހަމަވިއިރު، ހިތަދޫ މެދު ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލާފައިވަނީ، ދާއިރާއަކުން 1 ފަރާތްކަމަށްވާތީ، މެމްބަރުކަމަށް އެދި ކުރިމަތިލާފައިވާ 2 ފަރާތް އައްޑޫސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންކަމަށް ޢައްޔަންކުރުމަށް ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ފުރިހަމަ ކުރުމަށާއި އަދި ހުޅުދޫ ދާއިރާގެ ހުސްވެފައިވާ މެމްބަރުކަމަށް ފުރުޞަތު ހުޅުވާލާ އަލުން އިޢްލާންކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

  • ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވި ފަރާތަކީ: ފާޠިމަތު ޒުބެއިރު / ނަންރީތިގެ ، ސ.ހިތަދޫ
  • ހިތަދޫ އުތުރު ދާއިރާއަށް ކުރިމަތިލެއްވި ފަރާތަކީ: ފާޠިމަތު ހަނީފާ / ބިލިމަގުމާގެ، ސ.ހިތަދޫ

ތާއީދު ކުރެއްވި:  ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު   

ހުށަހެޅުން ހުށަހެޅި:ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 06 ވޯޓް

ވޯޓުގައި ބައިވެރިވި: 06 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/166

ތާރީޚް: 8 އޯގަސްޓް 2017