މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ޓްރާންސްޕޯރޓް ސެކްޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކަށް "އެކްސްޕްރެސް ސަރވިސް" ތަޢާރަފް ކުރުމާއިމެދު ކައުންސިލުން ގޮތެއް ނިންމުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ޕްލޭނިންގ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ "ޓްރާންސްޕޯރޓް" ގެ ޚިދްމަތުގެ ފެންވަރު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ލުއި ފަސޭހަ އަވަސް ޚިދްމަތް ފޯރުކޮށްދިނުމަށްޓަކައި "އެކްސްޕްރެސް ސާރވިސް" ގެ ޚިދްމަތް ތަޢާރަފް ކޮށްދެއްވުމަށް ހުށަހަޅައި، އެގޮތުން ދެވޭ ކޮންމެ ޚިދްމަތަކަށް "އެކްސްޕްރެސް ފީ" އެއްގެ ގޮތުގައި -/500 (ފަސް ސަތޭކަ) ރުފިޔާ ނެގުމަށް ފާސްކޮށްދެއްވުމާއިއެކު މި ނެގޭ ފީ މެނުއަލް ކޮށް ފައިސާގެ ރަސީދު ހަދައިގެން ނެގޭނެ ގޮތަކަށް ފާސްކުރުމަށް ފެންނަކަމަށް ހުށަހެޅި، އެ ހުށަހެޅުމަށް ތާއިދު ލިބުނެވެ. އަދި ތާއީދު ލިބިފައިވާ ގޮތަށް މައްސަލަ ކުރިއަށް ގެންދަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެންބަރުންގެ އިއްތިފާޤުން މި ހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ޓްރާންސްޕޯރޓް ޚިދުމަތްތަކަށް "އެކްސްޕްރެސް ސަރވިސް" ތަޢާރަފް ކުރުމާއިމެދު ގޮތެއް ނިންމުން