މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ކުށްމަދުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ސިއްޙަތާއި މުޖުތަމަޢު ކޮމިޓީ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ސިއްހަތާއި މުޖުތަމަޢު ކޮމިޓީގެ ހުށަހެޅުމުގައިވާގޮތަށް، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތީން، ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމަކީ ފުލުހުންނާއި ގުޅިގެން ކައުންސިލަށް މަތިކުރެވިފައިވާ ޒިންމާއަކަށްވުމުން، އަވަށު އޮފީސްތަކުން އެއަވަށެއްގައި ދިރިއުޅެމުންދާ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުމާއި، ދަފްތަރު ލިޔެ ބެލެހެއްޓުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލެއް އެކުލަވާލުމަށްޓަކައި 4 މެމްބަރުން ހިމެނޭ ކޮމިޓީއެއް ނެގުމާއި، މިކޮމިޓީގައި ހިމެނޭ މެންބަރުން ގޮތުގައި؛
މި 4 މެމްބަރުން ހަމަޖެއްސުމަށާއި، މިކޮމިޓީން ތައްޔާރުކުރާ އުޞޫލާއެކު ބިދޭސީ މިހާގެ މަޢުލޫމާތު ހިމެނޭ ފޮޓޯޖެހި ފޯމެއް ތައްޔާރުކޮށް ޢާއްމުކޮމިޓީއަށް ހުށަހަޅައި ޢާއްމު ކޮމިޓީން އުޞޫލު ފާސްކުރެއްވުމުން، އުޞޫލު ކައުންސިލަށް ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ކުށްމަދުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން