މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: މިއަހަރު (1440 ވަނަ އަހަރު ރަމަޟާން މަހު) "ގޯދިއްޔާ ފުޓްސަލް ކަޕް 2019" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް މާލި އެހީތެރިކަމަށް އެދި ގޯދިއްޔާއިން ސިޓީ ހުށަހަޅާފައިވާތީ، ކައުންސިލުން އެހީތެރިކަމެއް ފޯރުކޮށްދިނުމާއި މެދު ގޮތެއް ނިންމެވުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "މިމުބާރާތަކީ އައްޑޫގެ ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ މުބާރާތަކަށްވުމާއި އަދި މިމުބާރާތަކީ ރާއްޖޭގައި ބޭއްވޭ މުބާރާތްތަކުގެ ތެރެއިން، ފާހަގަކޮށްލެވޭ މުބާރާތަކަށްވުމުން، "ގޯދިއްޔާ ފުޓްސަލް ކަޕް 2019" އާއި ގުޅިގެން ގޯދިއްޔާއިން ހުށަހަޅާފައިވާ ޕްރޮޕޯސަލްއަށް ބަލައި، ކައުންސިލް ބަޖެޓުގެ ކޯޑު 228999ގައި، ޖަމްޢިއްޔާ ޖަމާޢަތްތަކުން ބާއްވާ އެކިއެކި ޙަރަކާތްތަކަށް ދޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވާ އެކްޓިވިޓީގެ ތެރެއިން، ފުޓްސަލް މުބާރާތަށް ކައުންސިލުން ދޭ އެހީގެ ގޮތުގައި،
މިޚަރަދުތަކަށް 35400.00 (ތިރީސް ފަސްހާސް ހަތަރު ސަތޭކަ) ރުފިޔާ ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގެ ނަތީޖާ އެއްވަރުވުމާއި ގުޅިގެން ރިޔާސަތުން ދެއްވި ވޯޓާއެކު މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވީ: ކައުންސިލަރ، ޢަލީ ފަހުމީ އަޙުމަދު |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 03 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 07 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
"ގޯދިއްޔާ ފުޓްސަލް ކަޕް 2019" ބޭއްވުމަށް މާލީ އެހީތެރިކަމަށް އެދި ގޯދިއްޔާއިން ސިޓީ ހުށަހަޅާފައިވާތީ