|
މައްސަލަ |
||||
|
ހުށަހެޅުނު މައްސަލަ: އައްޑޫގެ މުނިސިޕަލް ޚިދުމަތް ދިނުމުގައި ދަތިތަކެއް ހުރުމުން އެއްކަމަށް ކައުންސިލުން އަވަސް ޙައްލެއް ހޯދުން |
||||
|
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
||||
|
ނިންމުން |
||||
|
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ކައުންސިލާއި މަސައްކަތް ހަވާލުވި ފަހުން ގިނަ ވެހިކަލްތައް ހަލާކުވެފައިވާތީ، މުނިސިޕަލް މަސައްކަތް ކުރުވުމުގައި ދަތިތަކެއް ހުރުމުން، ކައުންސިލް ބަޖެޓުގެ އެއްގަމު އުޅަނދު ހޯދުމަށް ހަމަޖެހިފައިވާ ކޯޑު 424001އިން ޚަރަދު ކުރާގޮތަށް،
ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ހޯދުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
|
ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ،ޙުސައިން ހިޔާޟް |
|||
|
ވޯޓް ދެއްވި ގޮތް |
||||
|
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 |
|
ނިންމުން ޑައުންލޯޑް ކުރެއްވުމަށް

