މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ކައުންސިލްގެ ނަންބަރު: 426-BR(3)/2019/131 ނިންމުން ނިންމާ، ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން، މިހިނގާ 2019ވަނަ އަހަރުގެ ޖުލައި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ބައިވެރިވާ ހުޅުދޫ އަދި މީދޫގެ ދަރިވަރުންގެ ކަނޑު ދަތުރާއި އެއްގަމު ދަތުރު ހަމަޖެއްސުމަށް ހުށަހަޅާ މައްސަލަ |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، އިބްރާހީމް ޝުކުރީ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ހުޅުދޫ އަދި މީދޫ އަވަށުގެ ސްކޫލްތަކުން ސިޓީ ޤުރުއާން މުބާރާތުގައި ބައިވެރިވާ ދަރިވަރުންގެ ކަނޑު ދަތުރާއި އެއްގަމު ދަތުރު ހަމަޖެއްސުމަށްޓަކައި، ސިޓީ ޤުރުއާން މުބާރާތުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ޚަރަދުތައް އަލުން މުރާޖައާކޮށް، އެބަޖެޓުގެ ތަފްޞީލުގައި ހުޅުދޫ އަދި މީދޫގެ ދަރިވަރުންގެ ދަތުރު ޚަރަދު ހިމަނައި ކައުންސިލުން ފާސްކުރުމަށް އަލުން ހުށަހެޅުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއީދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢްލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވީ: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ،އިބްރާހިމް ޝުކުރީ |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ޤުރުއާން މުބާރާތުގައި ބައިވެރިވާ ހުޅުދޫ އަދި މީދޫގެ ދަރިވަރުންގެ ކަނޑު ދަތުރާއި އެއްގަމު ދަތުރު ހަމަޖެއްސުމަށް