އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައުޑީ އިން އިންތިޒާމްކޮށްގެން ބާއްވާ ރުއް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދި

14 މޭއި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައުޑީ އިން އިންތިޒާމްކޮށްގެން ބާއްވާ ރުއް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އެދި

މައްސަލަ ހުށަހެޅި ފަރާތް: ސިއްޙަތާއި މުޖުތަމަޢު ކޮމިޓީ

ނިންމުން

މައްސަލަ ނިމުނުގޮތް:

މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ފެންނަކަމަށާއި، "އެސޯސިއޭޝަން އޮފް ވިމެންސް ޑިވެލޮޕްމަންޓް (އަވުޑީ) އިން އިންތިޒާމްކޮށްގެން ދުނިޔޭގެ މޫސުމީ ދުވަހާއި ގުޅިގެން 16 ސެޕްޓެމްބަރ 2016 ގައި ރުއް އިންދި ސަރަހައްދުގައި އިތުރަ 300 ރުއް އިންދުމުގެ ޕްރޮގްރާމަށް ހުށަހަޅާފައިވާ މައްސަލަ އަށް ސިއްޙަތާއި މުޖުތަމަޢު ކޮމިޓީން ދިރާސާކޮށް ކޮމިޓީ މަރުހަލާ ނިމިފައިވުމާއި އެކު މި މައްސަލަ އަށް ކައުންސިލުން ގޮތެއް ނިންމުމަށް" އެދި ހުށަހަޅާފައިވާ މައްސަލާގައި ރުއް އިންދުމުގެ ޕްރޮގްރާމް ހިންގެވުމަށް "އަވުޑީ" އަށް -/7000 ރުފިޔާގެ އެހީ އެއް ދިނުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް   

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00

ނުފެންނަކަމަށް: 01 ވޯޓް.

ފެންނަކަމަށް: 05 ވޯޓް

ވޯޓުގައި ބައިވެރިވި: 06




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/150

ތާރީޚް: 14 މޭއި 2019