މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ހެލްޕިންގ ސޯޝަލް ކެއަރ ޖަމްޢިއްޔާއިން އައްޑޫ ސިޓީގެ ހުޅުދޫ އަވަށު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށްޓަކައި ކުރަންޖެހޭ ބައެއް މަސައްކަތްތަކަށް ކައުންސިލް އިދާރާގެ އެހީތެރިކަމަށް އެދިފައިވާތީ. |
||||
މައްސަލަ ހުށަހެޅި ފަރާތް: ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "ޖަމުޢިއްޔާ ޖަމާޢަތްތަކުން އިސްނަންގަވައިގެން އަވަށްތަކުގެ ތަރައްޤީއަށް ކުރަމުންގެންދާ މިފަދަ މަސައްކަތަށް ހިތްވަރު ދިނުމަކީ މުހިއްމު ކަމެއް ކަމުގައި ފެންނާތީ، ކައުންސިލްގެ ޢުމްރާނީ ތަރައްޤީއާއި ބޯހިޔާވަހިކަމުގެ ކޮމިޓީން މައްސަލަ ނިންމާފައިވާ ގޮތަށް ހުޅުދޫ އަވަށުގެ ފުޓްބޯޅަ ދަނޑުގެ ފަސްގަނޑު ލެވެލްކޮށް ކާނުއެޅުމާއި، ފެންހިންދާ ނިޒާމާއެކު "ގްރައުންޑް ޕްރިޕަރޭޝަން" ގެ މަސައްކަތް ހިނަގމުންދާ ވަގުތު މިއިދާރާގެ ޕަބްލިކް ވޯރކްސްގެ ވެހިކަލްތައް ބޭނުންކޮށްގެން މިމަސައްކަތަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ތާއިދު ލިބިފައިވުމުން، ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވީ: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާހީމް ޝުކުރީ |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ހެލްޕިންގ ސޯޝަލް ކެއަރ ޖަމްޢިއްޔާއިން ހުޅުދޫ އަވަށު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށްޓަކައި އެހީތެރިކަމަށް އެދިފައިވާތީ.