މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ކައުންސިލްގެ ނަންބަރ 426-BR(3)2019/148 ކައުންސިލްގެ ނިންމުން ސ.ހިތަދޫ ބީޗްސައިޑް އަދި ބީޗްވެލީ ދެގޯތި ދެމެދުގައި އޮތް ހުސް ބިންކޮޅު ބީޗްވެލީ އަށް އިތުރުކޮށް ދިނުމަށް ނިންމާފައިވާ ނިންމުމާއި މެދު ގޮތެއް ނިންމުމުގެ މައްސަލަ |
||||
މައްސަލަ ހުށަހެޅި ފަރާތް: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީ ކައުންސިލްގެ ނަންބަރ 426-BR(3)2019/148 ކައުންސިލްގެ ނިންމުން ނިންމުމަށްޓަކައި ހުށަހަޅާފައިވާ ސާރވޭ ރިޕޯޓް އިސްލާޙްކޮށް، އަލުންއެކުލަވާލެވިފައިވާތީ މި ރިޕޯޓަށް ރިޢާޔަތްކުރާއިރު އަދި ސ.ހިތަދޫ ބީޗްސައިޑް ބިމަކީ 2004 ވަނަ އަހަރު ރަޖިސްޓްރީކޮށް ކަންމުޑި ރާނާއި އިންވަކިކޮށްފައިވާ ބިމަކަށްވާތީ ކައުންސިލްގެ 426-BR(3)2019/148 ނަންބަރު ނިންމުން ބާޠިލްކުރުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
ހުށަހެޅުން ހުށަހެޅި: ޑެޕިޔުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ވޯޓުގައި ބައިވެރިވި: 03 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ބީޗްސައިޑް އަދި ބީޗްވޭލީ ދެގޯތި ދެމެދުގައި އޮތް ހުސްބިން ކޮޅު ބީޗްވޭލީ އަށް އިތުރުކޮށް ދިނުމަށް ނިންމި ނިންމުމާމެދު ގޮތެއް ނިންމުން