މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: މި އަހަރުގެ ފިޠުރު ޢީދު ނަމާދު އައްޑުގެ މިސްކިތްތަކުގެ އިތުރަށް 3 ސަރަހައްދެއްގައި (ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ) ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ ފައިސާގެ އެހީ ހަމަޖައްސައި ދިނުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި،"ފިޠުރު ޢީދު ނަމާދު އައްޑޫގެ މިސްކިތްތަކުގެ އިތުރަށް 3 ސަރަހައްދެއްގައި (ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫ) ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ ފައިސާގެ އެހީ ހަމަޖައްސައި ދިނުމަށް" ހުށަހެޅި މައްސަލާގައި ހިތަދޫ އަދި ފޭދޫގައި ބޮޑުޖަމާޢަތުގައި ފިޠުރު ޢީދުނަމާދު އިންތިޒާމް ކުރުމަށްޓަކައި "ނޫރުލް އިސްލާމް" ޖަމިއްޔާއަށް 34,000 ރުފިޔާ އަދި ހުޅުދޫ އާއި މީދޫ ގައި ފިޠުރު ޢީދު ބޮޑު ޖަމާޢަތުގައި އިންތިޒާމް ކުރުމަށްޓަކައި "ޙިލާލް" ޖަމިއްޔާއަށް 13,000 ރުފިޔާ ގެ އެހީތެރިކަން ދިނުމަށް ހުށަހަޅާފައިވާތީ ކައުންސިލްގެ "އެކި އެކި ރަސްމީ މުބާރާތްތަކާއި މުނާސަބަތު ފާހަގަކުރުމަށް ކުރާ ޚަރަދުގެ ކޯޑު" 223 013 އިން އިޙްޔާ ޕްރޮގްރާމުގެ ބަޖެޓްގެ ގޮތުގައި ކައުންސިލްގެ ނަންބަރ 426_BR(3)/2019/130 ނިންމުމުގައިވާ 248,000 ރުފިޔާގެ ތެރެއިން އެހީ ދިނުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ. |
||||
ތާއީދު ކުރެއްވީ: ކައުންސިލަރ، ޙުސައިން ޙިޔާޟް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ފައިޞަލް އިބްރާހީމް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 02 ވޯޓް |
ވޯޓުގައި ބައިވެރިވި: 02 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ފިޠުރު ޢީދު ނަމާދު މިސްކިތްތަކުގެ އިތުރަށް 3 ސަރަހައްދެއްގައި ބޭއްވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ބޭނުންވާ ފައިސާގެ އެހީ ދިނުމަށް