މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 2019 ވަނަ އަހަރުގެ ހަރަކާތުގައި ހިމެނޭ ސިޔާސީ ކުއިޒް ފޭސްބުކް ޕޭޖް މެދުވެރިކޮށް ބޭއްވުން. |
||||
މައްސަލަ ހުށަހެޅި ފަރާތް: އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާކޮމިޓީ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް: މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށް ފެންނަކަމަށާއި، "އައްޑޫސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާކޮމިޓީގެ 2019 ވަނަ އަހަރުގެ އެކްޝަންޕްލޭންގައި ހިމެނިފައިވާ ސުވާލު މުބާރާތް ބޭއްވުމަށް ކޮމިޓީގެ މެންބަރުންނަށް ފެނިލައްވާތީ މިކަމީ ސިޔާސީ ގޮތުން މުހިންމު ސުވާލުތަކުގެ ޖަވާބު އެނގި އައްޑޫސިޓީގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރު ވެގެންދާނެ ކަމެއް ކަމަށް" ހުށަހެޅި މައްސަލާގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އަށް 5,000 ރުފިޔާ ކައުންސިލްގެ "އެކިއެކި އެސޯސިއޭޝަންތަކާއި އިޖްތިމާއި ކޮމިޓީތައް ހިންގުމަށް ދޭ އެހީގެ ފައިސާ ކޯޑު" 228 009 އިން ދިނުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާގުން މިހުށަހެޅުން ފާސްވިއެވެ.
|
||||
ތާއީދު ކުރެއްވީ: ކައުންސިލަރ، ފައިސަލް އިބްރާހިމް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ވޯޓުގައި ބައިވެރިވި: 03 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އަންހެނުންގެ ކޮމިޓީގެ 2019 ވަނަ އަހަރުގެ ހަރަކާތުގައި ހިމެނޭ ސިޔާސީ ކުއިޒް ފޭސްބުކް ޕޭޖް މެދުވެރިކޮށް ބޭއްވުން