މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގެ ހިތަދޫ އަވަށު އީދިގަލި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތަށް ހުށަހެޅުނު ބިޑްތައް އިވެލުއޭޓްކޮށް، ބިޑް ކޮމިޓީއިން ނިންމި ނިންމުމާމެދު ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި |
||||
މައްސަލަ ހުށަހެޅި ފަރާތް: ބިޑް ކޮމިޓީ |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، "އައްޑޫސިޓީގެ ހިތަދޫ އަވަށު އީދިގަލި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތަށް ހުށަހެޅުނު ބިޑްތައް އިވެލުއޭޓްކޮށް، ބިޑް ކޮމިޓީއިން ނިންމި ނިންމުމާމެދު ކައުންސިލުން ގޮތެއް ނިންމަވައި ދެއްވުން އެދި" ހުށަހެޅި މައްސަލާގައި ހިތަދޫ އަވަށު "އީދިގަލި" ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތަށް ހުށަހެޅުނު ބިޑްތައް ދިރާސާކޮށް އެންމެ މަތިން މާރކްސް ލިބި އެންމެ ކުރު މުއްދަތެއް ހުށަހެޅި އަދި ބިޑް ހުށަހެޅި 06 ފަރާތުގެ ތެރެއިން މަސައްކަތާއި ގުޅޭ ޙިދުމަތް ފޯރުކޮށްދީފައިވާ ހަމައެކަނި ތަޖުރިބާ ހުރި ފަރާތަކީ "ޓްރިޕްލް 8" ކަމުން މިމަސައްކަތް 954,000 ރުފިޔާގެ އަގަކަށް" ޓްރިޕްލް 8" އާއި ހަވާލުކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
|
||||
ތާއީދު ކުރެއްވީ: ކައުންސިލަރ، އިބްރާޙިމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫސިޓީގެ ހިތަދޫ އަވަށު އީދިގަލި ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ބިޑް ކޮމިޓީއިން ނިންމި ނިންމުމާމެދު ގޮތެއް ނިންމުން