މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޖޫން 20 އިން 29 އަށް ހިތަދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފުރާވަރު ކޭމްޕް" ބޭއްވުމަށް ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް |
||||
މައްސަލަ ހުށަހެޅި ފަރާތް: ސޯޝަލް ސަރވިސް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޖޫން 20 އިން 29 އަށް ހިތަދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފުރާވަރު ކޭމްޕް" ބޭއްވުމަށް ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް" ހުށަހެޅި މައްސަލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ޖޫން 20 އިން 29 އަށް ހިތަދޫ ސްކޫލް އަދި ޝަރަފުއްދީން ސްކޫލުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ފުރާވަރު ކޭމްޕް" ގައި ބައިވެރިވާ 230 ދަރިވަރުންނަށް ފެން ހަމަޖެއްސުމަށްޓަކައި 110 ފުޅި ފެން (18.9 ލީޓަރ) ގަތުމަށް -/6380 ރުފިޔާ އަދި 2 ޑިސްޕެންސަރ ގަތުމަށް -/5000 ރުފިޔާ، ޖުމްލަ 11,380 ރުފިޔާގެ އެހީ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދިނުމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
|
||||
ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ، އިބްރާޙިމް ޝުކުރީ |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބޭއްވުމަށް ހަމަޖެހިފައިވާ "ފުރާވަރު ކޭމްޕް" ބޭއްވުމަށް ކައުންސިލްގެ އެއްބާރުލުމާއި އެހީތެރިކަން ހޯދުމަށް