މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ރޯވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ނަމްބަރު: 2019/RAM/014ސިޓީ އިން އެދިފައިވާ އެހީ ދިނުމާއި މެދު ކައުންސިލުން ގޮތެއް ނިންމުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " ރޯވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ނަމްބަރު: 2019/RAM/014ސިޓީ އިން ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރުމަށްފަހު، ރޯވިންގު އެސޯސިއޭޝަނަކީ އައްޑޫގެ ވަރަށް ގިނަ ކުޑަ ކުދިންނާއި ބޮޑެތި މީހުންނަށް ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކާމިޔާބު އެސޯސިއޭޝަނެއްކަން ފާހަގަ ކުރެވޭތީ، އެ އެސޯސިއޭޝަނުގެ މާލީ ޙާލަތު މިވަގުތު ހުރިގޮތުން އެސޯސިއޭޝަނުގެ ޚިދުމަތް މެދުކެނޑިގެން ދިއުމަކީ އައްޑޫގެ ރައްޔިތުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތި ލާން ޖެހޭނެ ކަމެއް ކަމަށް ޤަބޫލުކުރެވޭތީ، މިވަގުތު އައްޑޫގެ ދަރިވަރުނަށް ތަމްރީނު ދިނުމަށް އެސޯސިއޭޝަނުގައި ޙަރަކާތްތެރިވާ 02 ކޯޗުންގެ މުސާރަ ކޮންމެ ކޯޗަކަށް 3000.00ރުފިޔާގެ މަގުން (މިއަހަރުގެ ބާކީ އޮތް 06 މަސް ދުވަހުގެ މުއްދަތަށް) ކޮންމެ މަހަކު 6000.00ރުފިޔާ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތިން ޚަރަދު ކުރުމަށް ފެންނަކަމަށާއި، މިފައިސާ ޚަރަދު ކުރުމުގައި ކައުންސިލް ބަޖެޓްގެ ޖަމްޢިއްޔާ ޖަމާޢަތް ތަކުން ހިންގާ ޙަރަކާތްތަކަށް އެހީދިނުމަށް ކަނޑައެޅިފައިވާ ބަޖެޓް ކޯޑުން ޚަރަދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޣުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.
|
||||
ތާއީދު ކުރެއްވީ: ކައުންސިލަރ، ޙުސައިން ޙިޔާޟް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 02 ވޯޓް. |
ފެންނަކަމަށް: 04 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ރޯވިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް އެހީ ދިނުމާއި މެދު