މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: ހުއިފި ލަނޑާ ދިރުވައި އާލާ ކުރާނެ ބިން ކަނޑައެޅުމުގައި ކައުންސިލުން ގޮތެއް ނިންމުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް
މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، މިމައްސަލަ އާއި ގުޅިގެން ހުށަހެޅުމުގައި ފާހަގަ ކުރެވިފައިހުރި ކަންކަން ދިރާސާކުރުމަށްފަހު ހުށަހެޅުމުގައި ފާހަގަކުރެވިފައި ހުރިތަންތަނުގެ ތެރެއިން މިވަގުތު އައްޑޫގައި ހުއިފި ލަނޑާ ދިރުވައި އާލާ ކުރާނެ ސަރަޙައްދަކީ "މީދޫ ބަނދަރުގެ އުތުރުން އިސްމެހެލާހެރަ ދެމެދުން އޮތް ސަރަޙައްދު" ކަމަށް ކަނޑައެޅުމަށާއި، މިސަރަޙައްދުގައި ހުއިފި ލަނޑާ ދިރުވައި އާލާކުރުމަށް ޤަވާޢިދާއި އެއްގޮތަށް ކުރަންޖެހޭ މަސައްކަތް ހިންގާ ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
|
||||
ތާއީދު ކުރެއްވީ: ކައުންސިލަރ ޙުސައިން ޙިޔާޟް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 06 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ހުއިފި ލަނޑާ ދިރުވައި އާލާ ކުރާނެ ބިން ކަނޑައެޅުމުގައި ކައުންސިލުން ގޮތެއް ނިންމުން