މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީ ހިތަދޫ އަދި މަރަދޫ އަވަށުގައި މަސް މާރުކޭޓް ތަރައްޤީ ކުރުމުގައި ކައުންސިލުން ގޮތެއް ނިންމުން |
||||
މައްސަލަ ހުށަހެޅި ފަރާތް: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، " މަސްމާރުކޭޓް ޤާއިމުވެފައި ހުރުމުގެ މުހިއްމުކަން އައްޑޫގެ ރައްޔިތުންނަށް ބޮޑުވެފައިވާ ކަމަށާއި، ބަނދަރުމަތީގައާއި، އަވަށްތަކުގެ އެކި ސަރަޙައްދުތަކުގައި މަސް ބަހައްޓައިގެން ވިއްކަމުން ދިއުމުން، އަވަށުގެ ސާފު ތާހިރުކަން ގެއްލެމުންދާކަން ފާހަގަ ކުރެވޭތީއާއި، ތަފާތުއެކި ސަރަޙައްދު ތަކުގައި މަސްވިއްކަމުން ދިއުމުގެ ސަބަބުން ވިއްކާ މަހުގެ ތާޒާކަމާއި ރައްކާތެރިކަން ގެއްލި ތަފާތު ދަތިތަތައް ރައްޔިތުނަނަށް ދިމާވަމުންދާކަމުގެ ޝަކުވާ އިތުރުވަމުން އަންނާތީއާއި، އައްޑޫއަކީ ގިނަ ފަތުރުވެރިން ދަތުރު ކުރަމުންއަންނަ މަންޒިލަކަށްވެފައި، އައްޑޫގެ ސާފު ތާހިރުކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، މަސްވެރިން ވިއްކާ މަސް އެއްތަނަކުން ފަސޭހަ ކަމާއި އެކު ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން،
މި މސައްކަތް ކުރިއަށް ގެންދިއުމުގައި، ޤަވާޢިދާއި އެއްގޮތަށް ޑިޒައިން، ޑިވެލޮޕް އަދި އޮޕަރޭޓް ކުރުމުގެ މަސައްކަތް ޕީ.ޕީ.ޕީ ގެ ދަށުން ކުރިއަށްގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ފެންނަކަމަށް" ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
|
||||
ތާއީދު ކުރެއްވީ: ކައުންސިލަރ ފައިޞަލް އިބްރާޙިމް |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 01 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 05 ވޯޓް |
ވޯޓުގައި ބައިވެރިވި: 06 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އައްޑޫސިޓީ ހިތަދޫ އަދި މަރަދޫ އަވަށުގައި މަސް މާރުކޭޓް ތަރައްޤީ ކުރުމަށް