އައްޑޫސިޓީ ކައުންސިލްގެ އިދާރާ

އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކުގައި ރަނގަޅު ފެންވަރުގެ ބަސް ސްޓޮޕް ހެދުމުގައި ކައުންސިލުން ގޮތެއް ނިންމުން

15 އޯގަސްޓް 2017     


މައްސަލަ

ހުށަހެޅުނު މައްސަލަ:

އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކުގައި ރަނގަޅު ފެންވަރުގެ ބަސް ސްޓޮޕް ހެދުމުގައި ކައުންސިލުން ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް: ކައުންސިލަރ ޖަމްޝީދާ މުޙައްމަދު

ނިންމުން

މައްސަލަ ނިމުނުގޮތް:

އައްޑޫސިޓީގެ ގުޅިފައިވާ އަވަށްތަކުގައި އިށީދެވޭ އަދި ބޯހިޔާ ކުރެވޭ ގޮތަށް ހުރި ރަގަޅު ފެންވަރުގެ ބަސް ސްޓޮޕްތައް ހަދައި ހިންގަން ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް އާއްމުކޮށް އިއުލާންކުރުމަށާއި، ކުރިމަތިލާފަރާތްތަކުގެ ތެރެއިން އެންމެރަގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަކާ ބަސްސްޓޮޕްތައް ހިންގައި ބެލެއްހެއްޓުމަށް ހަވާލުކުރުން އަދި އަވަށްތަކުގައި މިމަސައްކަތް ކުރާއިރު ބަސް ސްޓޮޕްތައް ހިންގާ ގޮތް އަވަށު އޮފީސްތަކުން ބަލަމުން ދިޔުމާއި އަވަށު އޮފީސްތަކުން ރަގަޅު ކުރަން ބަސްސްޓޮޕްތައް ހިންގާ ފަރާތްތަކަށް އަންގާކަންކަން ރަގަޅުކުރެވޭނޭ ގޮތަށް މިކަން އިންތިޒާމް ވުން. އަދި ބަސްސްޓޮޕް ހަދައި ހިންގައި ބެލެހެއްޓުން މަދުވެގެން 10 އަހަރު ދުވަހުގެ މުއްދަތަކަށް ދިނުމާއި، ބަސްޓޮޕް ތަކަކީ އިޝްތިހާރު ކޮށްލެވޭ އަދި އަލި ކަން ލިބެން ހުންނަ ސިއްހީ ގޮތުންނާއި ތިމާވެށިގެ ގޮތުން ރައްކާތެރިތަންތަން ކަމުގައި ވުމާއި ސިޓީއެއްގެ ގޮތުގައި އައްޑޫ ތަރައްގީ ވެގެންދާއިރު ސިޓީއެއްގެ ހައިބަތު ދައްކައިދޭ ފަދަ ގޮތަކަށް ޑިޒައިން ކުރެވިފައި ހުންނަ ބަސް ސްޓޮޕްތަކަށް ވުން މުހިއްމުކަމަށާއި،

މިކަމަށް އިޢުލާނުކުރާނީ އިއުލާނަށް ކުރިމަތިލާ ފަރާތްތަކަށް ދޭނެ މައުލޫމާތު ޝީޓާއި ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް މައުލޫމާތު ޝީޓާ ކުރެހުންތައް ކައުންސިލަށް ހުށަހަޅައި މަޢުލޫމާތު ޝީޓާއި ކުރެހުންތައް ކައުންސިލުން ފާސްކޮށްގެންނެވެ. އެގޮތުން އަންނަ ސެޕްޓްމެބަރ މަހުގެ ފަހު ހަފުތާގައި އޮންނަ ކައުންސިލްގެ  ރަސްމީ ޖަލްސާ އަށް މައުލޫމާތު ޝީޓާއި ކުރެހުންތައް ހުށަހެޅުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އަޢުލަބިއްޔަތުން މިހުށަހެޅުން ފާސްވިއެވެ.

ތާއީދު ކުރެއްވި: ކައުންސިލަރ ފައިޞަލް އިބްރާހީމް 

ހުށަހެޅުން ހުށަހެޅި:ކައުންސިލަރ، ޖަމްޝީދާ މުޙައްމަދު

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ:00

ނުފެންނަކަމަށް: 02 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 05 ވޯޓް




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-AA(3)/2017/176

ތާރީޚް: 15 އޯގަސްޓް 2017