މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: 2015ވަނަ އަހަރު މިއިދާރާގެ ނަމްބަރު (IUL)426-EA/426/2015/24 އަދި (IUL)426-EA/426/2015/135 އިޢުލާނާއި ގުޅިގެން ބިމަށް އެދޭ ފޯމް ގަތް ފަރާތްތަކަށް މިހާތަނަށް ބިން ދޫކުރެވިފައިވާތީ، ބިޑް ފޯމުގެ އަގަށްވާ 1500.00ރުފިޔާ އެފަރާތްތަކަށް ރިފަންޑް ކޮށްދިނުމާއިމެދު ކައުންސިލުން ގޮތެއް ނިންމުން. |
||||
މައްސަލަ ހުށަހެޅި ފަރާތް: ފައިނޭންސް ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީގެ 02 ސަރަޙަދަކުން އިޤްތިޞާދީ ބޭނުމަށް ބިން ކުއްޔަށް ދޫކުރުމަށް 2015ވަނަ އަހަރު ކުރެވުނު އިޢުލާނާއި ގުޅިގެން ފޯމް ގަނެފައިވާ ފަރާތްތަކުން މިއިދާރާއަށް ދައްކާފައިވާ ފައިސާ ރިފަންޑް ކޮށްދިނުމަށް ފެންނަކަމަށާއި، މިއިދާރާގެ ނަމްބަރު:(IUL)426-EA/426/2015/24 އިޢުލާނާއި ނަމްބަރު :(IUL)426-EA/426/2015/135 އިޢުލާނު ބާޠިލު ކުރުމާއި މި އިޢުލާނާއި ގުޅިގެން އެފަރާތްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އެފަރާތްތަކާއި ޙަވާލު ކުރުމަށް ފެންނަކަމަށް " ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
|
||||
ތާއީދު ކުރެއްވީ: ކައުންސިލަރ އިބްރާޙިމް ޝުކުރީ |
ހުށަހެޅުން ހުށަހެޅި: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ވޯޓުގައި ބައިވެރިވި: 03 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
ބިމަށް އެދޭ ފޯމް ގަތް ފަރާތްތަކަށް ބިޑް ފޯމުގެ އަގަށްވާ 1500.00ރުފިޔާ ރިފަންޑް ކޮށްދިނުމާއިމެދު