އައްޑޫސިޓީ ކައުންސިލްގެ އިދާރާ

ފިއުލް ސަޕްލައި މޯލްޑިވްސް އިން ތެލުގެ ވިޔަފާރި ކުރުމަށް ތެޔޮ ރައްކާކުރުމަށް ބިމެއް ހަމަޖައްސަވައި ދެއްވުން

1 ޖުލައި 2019     


މައްސަލަ

ހުށަހެޅުނު މައްސަލަ: އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އަވަށުގައި ތެޔޮ ރައްކާކޮށް ޢާއްމުންނާއި ވިޔަފާރިވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ފިއުލް ސަޕްލައި މޯލްޑިވްސް އިން އެދިފައިވާ މައްސަލައަށް ގޮތެއް ނިންމުން

މައްސަލަ ހުށަހެޅި ފަރާތް:  ކައުންސިލަރ، އިބްރާހީމް ޝުކުރީ

ނިންމުން

މައްސަލަ ނިމުނުގޮތް

 

މިމައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، އައްޑޫސިޓީ ހުޅުދޫ އަދި މީދޫ އަވަށުގައި ފިއުލް ސޕްލައި މޯލްޑިވްސް އިން ތެލުގެ ވިޔަފާރި ކުރުމަށް ތެޔޮ ރައްކާކުރުމަށް ބިމެއް ހަމަޖައްސަވައި ދެއްވުން އެދި ހުށަހަޅާފައިވާ މައްސަލަ ދިރާސާ ކުރުމަށްފަހު  ހުޅުދޫ އަދި މީދޫ އަވަށުގައި ތެޔޮ ރައްކާކޮށް ޢާއްމުންނާއި ވިޔަފާރިވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ މަގުފަހިވެގެން ދިއުމަކީ ނުހަނު ބޭނުންތެރި މުހިއްމު ކަމެއްކަން ފާހަގަ ކުރެވޭތީ،  ހުޅުދޫ މެދު ބަނދަރު ސަރަޙައްދުން ޤަވާޢިދާއި އެއްގޮތްވާގޮތަށް ފިއުލް ސޕްލައި މޯލްޑިވްސް އަށް 25000އަކަފޫޓުގެ ބިން ދޫކުރުމަށް ފެންނަކަމަށް ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން ވޯޓުގައި ބައިވެރިވެ ވަޑައިގަތް  މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.

 

ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް

ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާހީމް ޝުކުރީ  

ވޯޓް ދެއްވި ގޮތް

ބައިވެރިވެވަޑައިނުގަންނަވާ: 00   

ނުފެންނަކަމަށް: 00 ވޯޓް.

ފެންނަކަމަށް: 03 ވޯޓް

ވޯޓުގައި ބައިވެރިވި: 03




ބާވަތް: ނިންމުން

ދައުރު: ތިންވަނަ ދައުރު

ނަންބަރ: 426-BR(3)/2019/196

ތާރީޚް: 1 ޖުލައި 2019