މައްސަލަ |
||||
ހުށަހެޅުނު މައްސަލަ: އައްޑޫސިޓީގައި ވަގުތު ނޫހުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް ޗެލެންޖް 2019ގައި އެފް.ސީ ޒެފިޔާ ޓީމް ބައިވެރިވުމަށް ނިންމާފައިވާތީ، އެފް.ސީ. ޒެފިޔާ އިން ކައުންސިލްގެ އެހީތެރިކަމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ |
||||
މައްސަލަ ހުށަހެޅި ފަރާތް: އިދާރީ ސެކްޝަން |
||||
ނިންމުން |
||||
މައްސަލަ ނިމުނުގޮތް މި މައްސަލަ ކައުންސިލަށް ބަލައިގަތުމަށާއި، ވަގުތު ނޫހުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ފުޓްސަލް ޗެލެންޖް 2019ގައި އެފް.ސީ ޒެފިޔާ ބައިވެރި ވުމަށް ކައުންސިލްގެ އެހީތެރިކަމަށް އެދި ހުށަހަޅާފައިވާތީ، ކައުންސިލްގެ ބަޖެޓްގެ ޖަމުޢިއްޔާ ޖަމާޢަތްތަކުން ހިންގާ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ ބަޖެޓްކޯޑް ނަމްބަރު 228999 ގައި ހުރި ފައިސާއިން 5000.00ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެންނަކަމަށާއި، މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވެފައިވާ އެހެނިހެން ޖަމުޢިއްޔާ ޖަމާޢަތްތަކުން ހުށަހަޅާ ހުށަހެޅުންތަކަށް ބަލައި އެފަދަ ޖަމުޢިއްޔާ ތަކަށް ޤަވާޢިދާއި އެއްގޮތަށް 5000.00ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ފެންނަކަމަށް، ހުށަހެޅުނު ހުށަހެޅުމަށް ރިޔާސަތުން ވޯޓަށް އެއްސެވެމުން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން މިހުށަހެޅުން ފާސްވިއެވެ.
|
||||
ތާއީދު ކުރެއްވީ: ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް |
ހުށަހެޅުން ހުށަހެޅި: ކައުންސިލަރ އިބްރާޙިމް ޝުކުރީ |
|||
ވޯޓް ދެއްވި ގޮތް |
||||
ބައިވެރިވެވަޑައިނުގަންނަވާ: 00 |
ނުފެންނަކަމަށް: 00 ވޯޓް. |
ފެންނަކަމަށް: 03 ވޯޓް |
ވޯޓުގައި ބައިވެރިވި: 03 |
ނިންމުން ޑައުންލޯޑް ކުރެއްވުމަށް
އެފް.ސީ ޒެފިޔާ އިން ކައުންސިލްގެ އެހީތެރިކަމަށް އެދި ހުށަހަޅުއްވާފައިވާ މައްސަލަ